އިޢުލާން: ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރުމަށް އއ.މާޅޮހުގައި ބާއްވާ ޕްރައިމަރީއާއި ބެހޭ

MDP/2010-025

އިޢުލާން

އއ. މާޅޮހަށް ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 9 ނޮވެމްބަރ 2010 ވާ އަންގާރަ ދުވަހު މާލެ އާއި އއ. މާޅޮހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 9 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަން ކޮމިޝަނުގައި އެމް. ޑީ. ޕީ. ގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ އއ. މާޅޮހު މެމްބަރުންނަށެވެ. މި އިންތިޙާބުގައި ވޯޓުލާމަރުކަޒުތަކުގެ ގޮތުގައި ހަމަޖެހިފައިވާތަންތަނަކީ މާލޭ އެމްޑީޕީ ހަރުގޭގައި އާއި އއ.މާޅޮހު އެމްޑީޕީ ޖަގަހަ (އަސްރަފީގެ) އެވެ. މި އިންތިޙާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 9 ނޮވެމްބަރ 2010 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު 6 ނޮވެމްބަރ 2010 ން ފެށިގެން 8 ނޮވެމްބަރ 2010 ވާ ހޯމަ ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ތިރީގައި މިދަންނަވަނީއެވެ.

1 އަލްފާޟިލް އަޙުމަދު ނަސީރު ރޭވިލާ އއ. މާޅޮސް
2 އަލްފާޟިލް މުޙައްމަދު ރިޒާ ސަމާ އއ. މާޅޮސް
3 އަލްފާޟިލް އަޙުމަދު ލަތީފް ހަޒާރުމާގެ އއ. މާޅޮސް
4 އަލްފާޟިލް މުޙައްމަދު ވަސީމް ޝަބްނަމީގެ އއ. މާޅޮސް
5 އަލްފާޟިލް އަޙުމަދު ރަޝީދު މުހައްމަދު ސައިމާގެ އއ. މާޅޮސް
6 އަލްފާޟިލް އަޙުމަދު ރާޝިދު ނަލަހިޔާ އއ. މާޅޮސް

27 ޛުލްޤައިދާ 1423
06 ނޮވެމްބަރ 2010

-ސިލެކްޝަން ކޮމިޓީ-