އެމް. ޑީ. ޕީ. ގެމަނަފުށި ދާއިރާ އޮފީސް
ނަންބަރ: MDP/P03/2010/001
އިޢުލާން
މިދާއިރާގައި ހިމެނޭ ގއ. ދެއްވަދޫ ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 12 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހު މާލެ އާއި ގއ. ދެއްވަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 12 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަން ކޮމިޝަނުގައި އެމް. ޑީ. ޕީ. ގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ގއ. ދެއްވަދޫ މެމްބަރުންނަށެވެ. މި އިންތިޙާބުގައި ވޯޓުލާމަރުކަޒުތަކުގެ ގޮތުގައި ހަމަޖެހިފައިވާތަންތަނަކީ މާލޭ އެމްޑީޕީ ހަރުގޭގައި އާއި ގއ.ދެއްވަދޫގައެވެ. މި އިންތިޙާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 12 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުޞަތު މިއަދު 4 ނޮވެމްބަރ 2010 ން ފެށިގެން 11 ނޮވެމްބަރ 2010 ވާ ބްރާސްފަތި ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ކެންޑިޑޭޓް ނަންބަރު ތަރުތީބުން ތިރީގައި މިދަންނަވަނީއެވެ.
1 އަލްފާޟިލް އިބްރާހީމް ތައުފީޤް ލައިނޫފަރުމާގެ ގއ. ދެއްވަދޫ
2 އަލްފާޟިލް ޙަސަން ނާޒިމް ރޯޒްމީޑް ގއ. ދެއްވަދޫ
3 އަލްފާޟިލް އަޙުމަދު ނަސީމް ހިތިވިލާގެ ގއ. ދެއްވަދޫ
4 އަލްފާޟިލް އިބްރާހިމް ރާމިޒް ހިކިހުވަނދުމާގެ ގއ. ދެއްވަދޫ
5 އަލްފާޟިލް ސައުދުﷲ ލަތީފް ޕެންޒީމާގެ ގއ. ދެއްވަދޫ
6 އަލްފާޟިލް މުހައްމަދު މުޢީން ދެކޮނުގެ ގއ. ދެއްވަދޫ
7 އަލްފާޟިލް މުޙައްމަދު ސަވާދު ސީގެސްޓް ގއ. ދެއްވަދޫ
8 އަލްފާޟިލް ސައީދު އިބްރާހީމް ދީދީ ނޮވެލްޓީ ގއ.ދެއްވަދޫ
25 ޛުލްޤައިދާ 1423
04 ނޮވެމްބަރ 2010
ޢަބްދުﷲ ޢަފީފް
ދާއިރާ ރައީސް