އިޢުލާން: ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރުމަށް ތަކަންދޫގައި ބާއްވާ ޕްރައިމަރީއާއި ބެހޭ

އެމް. ޑީ. ޕީ. ބާރަށު ދާއިރާ

ނަންބަރ MDP/A03/2010/001

އިޢުލާން

ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރުމަށް ތަކަންދޫގައި ބާއްވާ ޕްރައިމަރީއާއި ބެހޭ

ތަކަންދޫ ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 10 ނޮވެމްބަރ 2010 ވާ ބުދަ ދުވަހު މާލެ އާއި ހއ ތަކަންދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ
މިއިންތިޚާބުގައި ވޯޓްލެވޭނީ އިލެކްޝަން ކޮމިޝަނުގައި އެމް. ޑީ. ޕީ. ގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ހއ. ތަކަންދޫގެ މެމްބަރުންނަށެވެ. މި އިންތިޙާބުގައި ވޯޓުލާމަރުކަޒުތަކުގެ ގޮތުގައި ހަމަޖެހިފައިވާތަންތަނަކީ މާލޭ އެމްޑީޕީ ހަރުގޭގައި އާއި ހއ.ތަކަންދޫ އެމްޑީޕީ އޮފީހުގައިއެވެ. މި އިންތިޙާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 10 ނޮވެމްބަރ 2010 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އިން އިރުއޮއްސި 6:00 އަށެވެ
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކޭމްޕޭން ކުރުމުގެ ފުރުޞަތު މިއަދު 04 ނޮވެމްބަރ 2010 ން ފެށިގެން 09 ނޮވެމްބަރ 2010 ވާ އަންގާރަ ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތައްޓަކައި ދެންނެވީމެވެ.
މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ކެންޑިޑޭޓް ނަންބަރު ތަރުތީބުން ތިރީގައި މިދަންނަވަނީއެވެ.
1. އަލްފާޟިލް މުޙައްމަދު ޞޯދިޤް، ސޯސަންވިލާ ހއ.ތަކަންދޫ
2.އަލްފާޟިލާ ޒާހިޔާ ޢަލީ އެރޯމާ ހއ.ތަކަންދޫ
3. އަލްފާޟިލް އިބްރާހީމް ޝަހީދު އިރުމަތީގެ ހއ.ތަކަންދޫ
4. އަލްފާޟިލާ އާސިމާޢަބްދުލްރަޙްމާން ނަރުގިސްމާގެ ހއ.ތަކަންދޫ
5. އަލްފާޟިލް ޢަބްދުލް ސައްތާރު މުޙައްމަދު ދިލްކަޝްގެ ހއ.ތަކަންދޫ
6. އަލްފާޟިލް އަބްދުއްރައްޒާޤް އިބްރާހީމް ކަރަންކާވިލާ ހއ.ތަކަންދޫ
7. އަލްފާޟިލް އަބުދުލް ސައްތާރު މޫސާ އަސަރީގެ ހއ.ތަކަންދޫ

25ޛުލްޤައިދާ 1423
4 ނޮވެމްބަރ 2010

ދާއޫދު އިބުރާހިމް
ނައިބު ރައީސް