އިޢުލާން: ލޯކަލްކައުންސިލް އިންތިޚާބުތަކަށް ކުރިމަތިލުމަށް އެމްޑީޕީގެ ޓިކެޓް ދިނުމާ ބެހޭ

MDP/2010-023

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އެމްޑީޕީ ޓިކެޓް ދިނުމަށް ބާއްވާ ޕްރައިމަރީތަކާ ބެހޭ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓްދޭނޭ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީތަކުގައި ވޯޓުލެވޭނީ އެރަށެއްގައި ވޯޓުލާ ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ އެރަށެއްގެ ރަށްވެހީންނަށްކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލުމާއި ބެހޭ މަޢުލޫމާތު މިޕާޓީގެ ރަސްމީ ވެބްސައިޓް mdp.org.mv ގެ އިތުރުން www.votemdp.com އިން ވެސް ލިބިވަޑައިގަންނަވާނެ ވާހަކަދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމްޑީޕީގެ ކެމްޕެއިން އޮފީސް (މ.ރެޑްގްރާސްގެ) ނަންބަރު 3307752 ފޯނާއި ނުވަތަ މިއޮފީހުގެ ނަންބަރު 3340044 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.
4 ނޮވެމްބަރ 2010

– އެމްޑީޕީ ސެކްރެޓޭރިއަޓް –