އިޢުލާން: ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރުމަށް ކޮލަމާފުށީގައި ބާއްވާ ޕްރައިމަރީއާއި ބެހޭ

އެމް. ޑީ. ޕީ. ވިލިނގިލީ ދާއިރާ އޮފީސް
ސީނާ / ގއ. ވިލިނގިލީ
ނަންބަރ: MDP/P01/2010/001

އިޢުލާން

މިދާއިރާގައި ހިމެނޭ ގއ. ކޮލަމާފުށީ ރަށު ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި މިއިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ ޕްރައިމަރީސް 12 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހު މާލެ އާއި ގއ. ކޮލަމާފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއިންތިޚާބުގައި ވޯޓްލެވޭނީ 10 ނޮވެމްބަރ 2010ގެ ކުރިން އިލެކްޝަން ކޮމިޝަނުގައި އެމް. ޑީ. ޕީ. ގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ގއ. ކޮލަމާފުށީ މެމްބަރުންނަށެވެ. މި އިންތިޙާބުގައި ވޯޓުލާމަރުކަޒުތަކުގެ ގޮތުގައި ހަމަޖެހިފައިވާތަންތަނަކީ މާލޭ އެމްޑީޕީ ހަރުގޭގައި އާއި ގއ.ކޮލަމާފުށީ އެމްޑީޕީ އޮފީހުގައިއެވެ. މި އިންތިޙާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 12 ނޮވެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2:00 އިން އިރުއޮއްސި 7:00 އަށެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކޭމްޕޭން ކުރުމުގެ ފުރުޞަތު މިއަދު 2 ނޮވެމްބަރ 2010 ން ފެށިގެން 11 ނޮވެމްބަރ 2010 ވާ ބްރާސްފަތި ދުވަހުގެ ހަވީރު 6.00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ހުރިހާ ކެންޑިޑޭޓުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިޕްރައިމަރީޒްގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތުތައް ކެންޑިޑޭޓް ނަންބަރު ތަރުތީބުން ތިރީގައި މިދަންނަވަނީއެވެ.

1 އަލްފާޟިލް އަބްދުއްﷲ އަތީފް އަސްރުވިލާ ގއ. ކޮލަމާފުށި
2 އަލްފާޟިލާ ގީތާ ޖަމާލު ލީނާ މަންޒިލް ގއ. ކޮލަމާފުށި
3 އަލްފާޟިލް މުހައްމަދު ރިފްޝާން ޒުހުރީ ރަތްވިލާގެ ގއ. ކޮލަމާފުށި
4 އަލްފާޟިލް އިބްރާހިމް އަލީމް ރޯޅި ގއ. ކޮލަމާފުށި
5 އަލްފާޟިލާ މަރިޔަމް ސައީދާ އަތިރީގެ ގއ. ކޮލަމާފުށި
6 އަލްފާޟިލް އަޙްމަދު އާދިލް ތިނަދޫގެ ގއ. ކޮލަމާފުށި
7 އަލްފާޟިލް ރިޔާޒު ޙުސައިން ނިވައިދޮށުގެ ގއ. ކޮލަމާފުށި
8 އަލްފާޟިލް ނަސީމް މުހައްމަދު ގަސްދޮށުގެ ގއ. ކޮލަމާފުށި
9 އަލްފާޟިލް މުހައްމަދު ތަޢުފީޤް ކީރަންމާގެ ގއ. ކޮލަމާފުށި
10 އަލްފާޟިލް މުހައްމަދު ޒާހިރު ވިލާ ގއ. ކޮލަމާފުށި
11 އަލްފާޟިލް އަޙްމަދު ޖަމީލް މަސްތަކާގެ ގއ. ކޮލަމާފުށި
12 އަލްފާޟިލް މުހައްމަދު އާދަމް ރަތްވެލި ގއ. ކޮލަމާފުށި

23 ޛުލްޤައިދާ 1423
02 ނޮވެމްބަރ 2010

މުހައްމަދު އާދިލް ސަލީމް
ދާއިރާ ރައީސް