އެމްޑީޕީގެ އާންމު ޖަލްސާއެއް މިރޭ ހަރުގޭގައި އޮންނާނެ

1 ނޮވެމްބަރ 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާންމު ޖަލްސާއެއް މިރޭ (1 ނޮވެމްބަރ 2010 ވާ ހޯމަ ދުވަހުގެރޭ) އެޕާޓީގެ ހަރުގޭގައި އޮންނާނޭ ކަމަށް އެމްޑީޕީން ހާމަކޮށްފިއެވެ.
މިރޭ 9 ޖަހާއިރު ފަށާ މި ޖަލްސާއަށް އެމްޑީޕީގެ މެންބަރުންނާއި، އެޕާޓީއަށް ސަޕޯޓްކުރައްވާ ފަރާތްތަކާއި، ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުން ހާޒިރުވެދެއްވުމަށް އެޕާޓީން އެދެއެވެ.
ރޭ ވެސް އެމްޑީޕީގެ އާންމު ޖަލްސާއެއް ހަރުގޭގައި ބޭއްވިއެވެ. ރޭގެ ޖަލްސާ ޚާއްސަ ކުރެވިފައިވަނީ އަންހެން މެންބަރުންނަށެވެ.
ނިމިގެންދިޔަ އެމްޑީޕީގެ ކާމިޔާބު ކޮންގްރެސްގައި އެޕާޓީން ވަނީ އަންހެނުންގެ އިންތިޤާލީ ރޫހެއް އިންތިޚާބުކޮށްފައެވެ.