އެމްޑީޕީން އަންހެނުންގެ ރޫޙުގެ ނަމުގައި އަންހެނުންގެ ކޮމިޓީއެއް އުފައްދައިފި

30 އޮކްޓޯބަރ 2010

ރާމިޒް/ޖުނައިދު

mdp-congres-30-10-2010-237-450-x-300

އެމްޑީޕީ ކޮންގްރެސްގެ މިއަދުގެ މެންދުރުފަހުގެ ދަންފަޅީގައި “އަންހެނުންގެ ރޫޙް” ގެ ނަމުގައި ކޮމިޓީއެއް އިންތިޚާބުކޮށްފިއެވެ.
ރާއްޖޭގެ އިންތިޚާބީ 77 ދާއިރާގެ އެމްޑީޕީ އަންހެނުންގެ އިންތިޤާލީ ކޮމިޓީގެ ރައީސާއިންނާއި އެމްޑީޕީގެ ގޮފިތަކުގެ ރައީސުންގެ ގޮތުގައާއި، ދާއިރާތަކުގެ ހިންގާ ކޮމިޓީގެ މެންބަރުންގެ ގޮތުގައި ކޮންގްރެސްގައި ބައިވެރިވި މަންދޫބުންގެ ވޯޓުން އަންހެނުންގެ ރޫޙުގެ ރައީސާއަކަށް ހޮވުނީ މާފަންނު ދެކުނު ދާއިރާއިން ޝިޔާމާ އަހުމަދު އެވެ. ޝިޔާމާ އެމަޤާމަށް އިންތިޚާބުވީ 110 ވޯޓު ލިބިގެންނެވެ. ނައިބުރައީސާއަކަށް ހޮވުނީ މަރިޔަމް ވަޙީދާ (ހުޅުހެންވޭރު ދާއިރާ) އެވެ. އެއީ 91 ވޯޓުންނެވެ. ރޫޙަށް ހޮވުނީ ސެކެޓްރީ ކަމަށް އަރީޝާ ޢަލީ (މައްޗަންގޮޅި ދެކުނުދާއިރާ) ހޮވުނީ 82 ވޯޓުންނެވެ. ޚަޒާންދާރަކަށް ޚަދީޖާ އަބޫބަކުރު (އާނިޔަތު)، (ގަލޮޅު އުތުރު ދާއިރާގެ ނައިބު ރައީސް) ހޮވުނީ 81 ވޯޓުންނެވެ. އިންތިޒާމް ސެކެޓްރީއަކަށް ފާތުމަތު ހަނީފް (ސ. ހިތަދޫ އުތުރު ދާއިރާ) ހޮވުނީ 42 ވޯޓުންނެވެ.
މިކުރިއެރުމާއެކު ދެން ފެނިގެންދާނީ ޤައުމުގެ ނައު މިހާރު ދުއްވްމުންދާ ސްޕީޑަށްވުރެ ބާރު ސްޕީޑެއްގައި ދުއްވުމަށްޓަކައި އަންހެނުންގެ ފަރާތުން ކުރެވެން ހުރި މަސައްކަތްތައް ކުރުން ކަމުގައި އެރޫޙުގެ ނައިބުރައީސާ މަރިޔަމް ވަޙީދާ ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ މިރޫޙުގެ މަޤްޞަދަކީ، ޤައުމު ތަރައްޤީ ކުރުމަށް ކުރާ މަސައްކަތުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް. އަޅުގަނޑުމެން ޤަބޫލުކުރަން ތަރައްޤީގެ ހަރުފަތުގައި މިއީކީއެއް ނޫންކަން އަޅުގަނޑުމެން އަންހެނުންގެ ދަރަޖައަކީ. އަޅުގަނޑުމެނަށްވެސް ތަރައްޤީގެ އިސްސަފުގައި ޙަރަކާތްތެރިވެވޭނެ. އަޅުގަނޑުމެންގެ އުއްމީދަކީ އެއީ. އެހެންކަމުން އެމްޑީޕީން މިއަދު އަޅުގަނޑުމެން އަންހެނުންގެ ރޫޙެއް މިނެރުނީ މުޅި ރާއްޖޭގެ ހުރިހާ އަންހެނުންނަށް ބައިވެރިވެވޭނެ ގޮތަށް” އަންހެނުންގެ ރޫޙުގެ ނައިބްރައީސާ ވިދާޅުވިއެވެ.