ކޮންގްރެސް އަޕްޑޭޓްސް

30 އޮކްޓޯބަރ 2010

ފޮޓޯ މައުރޫފް ޚަލީލް/ އަނދާ

conress-piccongress-balloon

18.30: އެމްޑީޕީގެ 2 ވަނަ ކޮންގްރެސް ނިމުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ރަސްމިއްޔާތު މިރޭ ދަރުބާރުގޭ ފުރަގަހުގައި އޮންނަ އުސްފަސްގަނޑުގައި އޮންނާނެ. ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާ ގޮތަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތު ރާއްޖޭގެ ހުރިހާ މީޑިއާއަކުން ލައިވް ކުރާނެ.

17.45: މިއަދުގެ ހަވީރުގެ ދަންފަޅީގައި ވެސް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން ކޮންގްރެސް މަންދޫބުންގެ މެދުގައި މަޝްވަރާ ބަދަލުކުރުން ކުރިޔަށް ގެންދިޔަ. މިހާރު ކުރިޔަށްދަނީ ވޭތުވެދިޔަ ދުވަސްތަކުގައި މިސަރުކާރުގެ މެނިފެސްޓޯ ކަމަށްވާ، އެމްޑީޕީ މެނިފެސްޓޯ ކާމިޔާބުކުރެވިފައިވާ މިންވަރާބެހޭ ގޮތުން ޕްރެސެންޓޭޝަނެއް ދިނުން.

15.30: އެމްޑީޕީގެ އަންހެނުންގެ ރޫޙް އިންތިޚާބުކޮށްފި. މިކޮމިޓީއަކީ 5 ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް.
12.30: މިއަދު ހެނދުނުގެ ދަންފަޅީގައި ކުރިޔަށް ގެންދިޔައީ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން ކޮންގްރެސް މަންދޫބުންގެ މެދުގައިޚިޔާލާއި މަޝްވަރާ ބަދަލުކުރުން.
މިގޮތުން ޚިޔާލު ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 77 ދާއިރާގެ ތެރެއިން 42 ދާއިރާއެއްގެ މަންދޫބުން ވާހަކަދެއްކި. މެންދުރުފަހުގެ ދަންފަޅި ފެށޭނީ 13.45 ގައި ކަމަށް ކޮންގްރެސް ކޮމިޓީން ބުނޭ.
………………………………………………………………

29 އޮކްޓޯބަރ 2010

18.30: މި ކޮންގްރެސްގައި މިރޭ 9.00 ން 11.00 އަށް ބާއްވަން ހަމަޖައްސާފައިވާ
ދާއިރާތަކުގެ ހިންގާ ކޮމިޓީއާއި، ސެލެކްޝަން ކޮމިޓީއާއި، އަތޮޅު ކޯޑިނޭޓަރުންގެ ބައްދަލުވުން މާދަމާއަށް ފަސްކޮށްފި. މިރޭ އެގަޑީގައި އޮންނާނީ ގުޅީފަޅުގައި ބާއްވާ ބޮނޑިބަތްކެއުން. މިހާރު ކުރިޔަށްދަނީ މިއަދު ނެގި ވޯޓު ގުނުމުގެ މަސައްކަތް.

17.41: މިހާރުކުރިޔަށްދާ ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖެހިފައިވަނީ ވޯޓުލާ މަންދޫބުންނަށް ދާއިރާތައް ނޯޅޭނޭހެން، ވަރަށް ފުރިހަމަ އިންތިޒާމެއްގެ ދަށުން ކަމަށް ދަރުބާރުގެއިން މަޢުލޫމާތު ލިބޭ.

17.35: ހަވީރުގެ ދަންފަޅި ނިމުމާއެކު ޕްރެސް ކޮންފަރެންސެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ. މި ޕްރެސް ކޮންފަރެންސް އެމްއެންބީސީވަން އިން ލައިވާކުރާނެ

17.30: ގަވައިދު ކޮމިޓީން ހުށަހަޅާފައިވާ މުހިއްމު އިސްލާހްތަކުގެ ތެރޭގައި ޕާޓީގެ ރައީސްގެ މަޤާމާއި ނައިބު ރައީސްގެ މަޤާމް އުވާލުމާއި، ޗެއަރޕާސަންގެ އިތުރުން ޗެއަރޕާސަން މާލީއާއި ޗެއަރޕާސަން އިދާރީގެ ނަމުގައި އިތުރު 2 މަޤާމް އުފެއްދުމާއި، އެމްޑީޕީ ވެރިކަމެއްގައި ޕާޓީގެ ސިޔާސީ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، އިދިކޮޅު ޕާޓީ އެއްގެ ގޮތުގައި އެމްޑީޕީ އޮންނަ ހިނދެއްގައި ޕާޓީގެ ސިޔާސީ އެންމެ އިސް ފަރާތަކީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުކަމަށް ކަނޑައެޅުމާއި، އަހަރީ ބައްދަލުވުން އުވާލުން. މި އިސްލާޙްތަކާއެކު ޖުމްލަ 12 އިސްލާޙަކަށް ވޯޓުކަރުދާހުގައި މިހާރު ދަނީ ވޯޓުލަމުން. ވޯޓުލާ ނިމުމާއެކު މި ވޯޓުގެ ނަތީޖާ ވަގުތުން އިއުލާންކުރާނެ.

16.40: މިހާރު ހިނގަމުންދަނީ ގަވައިދު ކޮމިޓީން ހުށަހަޅާފައިވާ އިސްލާޙްތަކަށް ވޯޓަށް އެހުމުގެ މަސައްކަތް.

3.45: ހަވީރު 4 ޖަހާއިރު ފަށާ ދަންފަޅީގައި އޮންނާނީ ގަވައިދު ކޮމިޓީން ހުށަހަޅާފައިވާ އިސްލާޙްތަކަށް ބަހުސްކުރުމާއި ވޯޓަށް އެހުން

15.30: މެންދުރުގެ ސެޝަން މިހާރު ވަނީ ނަމާދު ގަޑިއަށް މެދު ކަނޑާލާފަ. މި ސެޝަނުގައި ކުރިޔަށްދިޔައީ އެމްޑީޕީގެ އަސާސީ ގަވައިދަށް ގެންނަން ފެންނަކަމަށް ގަވައިދު ކޮމިޓީން ހުށަހަޅާފައިވާ އިސްލާޙްތައް އިއްވުން. މި އިސްލާޙްތައް އިއްވަވައިދެއްވީ ޗެއަރޕާސަން.

14.30: ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަސާސީ ޤަވާޢިދަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މިއަދު މެންދުރު ދަންފަޅީގައި ވޯޓުލުން ކުރިޔަށް ދާނެއެވެ. މިވޯޓުލުމުގައި ހިމެނެނީ:
1 ޕާޓީގެ ރައީސްއާ ނައިބު ރައީސްގެ މަޤާމް އުވާލުން
2 ޗެއާޕާސަންގެ ނައިބު (މާލީ) އަދި ޗެއާޕާސަންގެ ނާއިބު (އިދާރީ) މަޤާމް އުފެއްދުނ
3 ޕާޓީގެ ޕްރޮވިންސް ސެކްރެޓޭރިއެޓް އުފެއްދުން.
4 ޕާޓީގެ ޒުވާނުންގެ ހިތްވަރު އުފެއްދުން
5 ޕާޓީގެ އަންހެނުންގެ ރޫޙު އުފެއްދުން
6 އިސްތަރުޖަމާނާއި މީޑިއާ ޔުނިޓް އުފެއްދުން
7 ދާއިރާ ރައީސުން
8 އަހަރީ ބައްދަލުވުން އުވާލުން
9 ގޮފީގެ ހިންގާ ކޮމިޓީ ކުޑަކުރުން
10 ޤައުމީ ހިންގާ ކޮމިޓީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން
11 ޤައުމީ ހިންގާ ކޮމިޓީ ބާރުވެރިކުރުން
12 ޤައުމީ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކޮށް ކޯރަމް ކުޑަކުރުން
މިހުރިހާ ވޯޓެއްވެސް ކުރިޔަށް ދަނީ ދަރުބާރުގޭގައެވެ. ނަތީޖާ ލިބުނުހާ އަވަހަށް ވެބްސައިޓަށް އަޕްލޯޑް ކުރެވެމުންދާނެއެވެ.