އެމްޑީޕީގެ ރައީސް ކަމާއި ނާއިބު ރައީސް ކަމުގެ މަގާމު އުވާލުމަށް ހުށަހެޅި އިސްލާހު ފާހެއް ނުވި

30 އޮކްޓޯބަރ 2010
ރާމިޒް

picture-1532

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ކަމުގެ މަޤާމާއި ނާއިބު ރައީސް ކަމުގެ މަޤާމު އުވާލުމަށް ދަރުބާރުގޭގައި ހިނގަމުންދާ އެޕާޓީގެ 2 ވަނަ ކޮންގްރެސް އަށް ހުށަހެޅި އިސްލާހު ފާހެއް ނުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރަކު ނެތް ދާއިރާއަކު ނެތް ދާއިރާއަކުން އެ ޕާޓީ އަށް މެމްބަރަކު ލިބިއްޖެނަމަ އެ މެމްބަރަކީ އެދާއިރާއެއްގެ ރައީސްކަމަށް ބަޔާންކޮށް ހުށަހެޅި އިސްލާހާއި ގައުމީ ހިންގާ ކޮމިޓީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށާއި އެ ކޮމިޓީ ބާރުވެރިކުރުމަށް ހުށަހެޅި ދެ އިސްލާހު ވެސް ފާހެއް ނުވެއެވެ.
މި ވޯޓުގައި އެންމެ ގިނަ ބައެއްގެ ތާޢީދާއެކު ފާސްވެފައިވަނީ އަންހެނުންގެ ރޫހަކާއި ޒުވާނުންގެ ހިއްވަރު އުފެއްދުމަށެވެ. މީގެތެރެއިން އަންހެނުންގެ ރޫޙް އުފެއްދުމަށް 639 ވޯޓު ލިބިފައިވާއިރު، ޒުވާނުންގެ ހިއްވަރު އުފެއްދުމަށް 631 ވޯޓު ލިބިފައިވެއެވެ.
މި އިސްލާހްތަކާއެކު މުޅި އަސާސީ ގަވައިދަށް ވޯޓަށް އެހުން މިއަދު އޮންނާނެއެވެ.
3 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ކޮންގްރެސް މިރޭ ނިމޭނެއެވެ. ކޮންގްރެސް ނިމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ.