އިޢުލާން: އައްޑޫ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

MDP/2010-022

އެމްޑީޕީ ޓިކެޓްގައި އައްޑޫ ސިޓީ ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތި ލުމުގެ ފުރުސަތު މިއަންނަ ނޮވެމްބަރު މަހުގެ 10 ވާ ބުދަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
މިޕާޓީގެ ޓިކެޓްގައި އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިން ނަމަވެސް އައްޑޫ އިން މިހާތަނަށް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓްގައި ވާދަކުރުމަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލް ނުވާނޭ ވާހަކަ ދަންނަވަމެވެ.
ވީމާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 10 ނޮވެމްބަރ 2010 ވާ ބުދަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި ވަނަވަރު، އެމްޑީޕީގެ ކެމްޕެއިން އޮފީސް (މ.ރެޑް ގްރާސް، މާލެ) އަށް ހުށަހެޅުއްވުން އެދެމެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލުމާއި ބެހޭ މަޢުލޫމާތު މިޕާޓީގެ ރަސްމީ ވެބްސައިޓް mdp.org.mv ގެ އިތުރުން www.votemdp.com އިން ވެސް ލިބިވަޑައިގަންނަވާނެ ވާހަކަދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމްޑީޕީގެ ކެމްޕެއިން އޮފީސް (މ.ރެޑްގްރާސްގެ) ނަންބަރު 3307752 ފޯނާއި ނުވަތަ މިއޮފީހުގެ ނަންބަރު 3340044 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.
28 އޮކްޓޯބަރ 2010

– އެމްޑީޕީ ސެކްރެޓޭރިއަޓް –