ނަންބަރު: MDP/2025/014
22 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހު ހެނދުނު 09:00 ން ހަވީރު 4:00އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޤައިުމީ މަޖިލިސް ބައި- އިލެކްޝަން 2025 އާއި ގުޅޭގޮތުން ހުށައެޅޭ ޝަކުވާތައް ބެލުމަށް ޝަކުވާބަލާ ކޮމެޓީއެއް އެކުލާލައި އިންތިޚާބާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ އެކޮމިޓީއަށް ހުށައެޅުމުގެ ފުރުޞަތު ހުލުވާލި ވާހަކަ ދެންނެވީމެވެ. ޝަކުވާ ބަލާ ކޮމެޓީގައި ހިމެނޭ މެންބަރުންގެ ނަންތައް ތިރީގައި މިދަންނަވަނީއެވެ.
1. މުޙައްމަދު ފަލާޙް
2. އަނަސް އަބްދުއް ސައްތާރު
3. އައިކު އަޙްމަދު ޢީސާ
އިންތިޚާބުގެ ޝަކުވާ ހުށައެޅުއްވުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ނަންބަރަށް އެސް.އެމް.އެސް ކުރައްވައިގެން، ގުޅުއްވައިގެން ނުވަތަ ގޫގުލް ފޯމް މެދުވެރިކޮށެވެ.
ފޯން ނަންބަރު: 7571637
ޝަކުވާ ބަލައިގަންނާނީ 22 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ން ފެށިގެން 24 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ ހަވީރު 04:00 އެށެވެ.
ވީމާ، މިކަން އާއްމުކޮށް އިއުލާންކުރީމެވެ.
22 ފެބްރުއަރީ 2025