ނަންބަރު:MDP/2025/01
މިޕާޓީގެ ޤައުމީ މަޖިލީހުގެ ހުސްވެފައިވާ ހއ. ހޯރަފުށީ ދާއިރާގެ ރައީސް، ރ. އިނގުރައިދޫ ދާއިރާގެ ރައީސް އަދި ގއ. ވިލިނގިލީ ދާއިރާގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ކުރިމަތިލުމުގެ ޝަރުތުތައް
– 01 ޖަނަވަރީ 2025 އާއި ހަމައަށް މިޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުން.
– ވޭތުވެދިޔަ 5 އަހަރު ތެރޭގައި މިޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފަނުވާ މެންބަރެއް ކަމުގައިވުން.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް 06 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.
02 ޖަނަވަރީ 2025