2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓާއި އެއްގޮތަށް އަލިފުށީ ދާއިރާގެ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ނުހިންގާ، އަދި 2025 ގެ ދައުލަތުގެ ބަޖެޓްގައި ދާއިރާގައި ހިންގުމަށް ހުރި ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު އުނިކޮށްފައިވާތީ އަލިފުށި ދާއިރާއިން ކަންބޮޑުވުން ފާޅުކުރުން

އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ މަޖީލީހަށް ހުށަހަޅާ ފާސްކުރި 2024 ގެ ދައުލަތުގެ ބަޖެޓަކީ 49 ބިލިއަން ރުފިޔާއެވެ. މި ބަޖެޓްގައި އަލިފުށީ،ވާދޫ،ރަސްގެތީމް އަދި އަނގޮޅިތީމުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް 42.17 މިލިއަން ރުފިޔާ ވަނީ ބަޖެޓްކުރެވިފައެވެ.
30 ސެޕްޓެމްބަރ 2024 ގެ ނިޔަލަށް 2024 ޓީޖީއެސްޓީ ގެ ގޮތުގައި ދައުލަތަށް 7.1 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގެ މާލީ ހިސާބުތަކުން ދައްކައެވެ. މިއީ 2023 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 6.4 ބިލިއަން ރުފިޔާ އާއި އަޅާބަލާއިރު %34 ކުރިއެރުމެކެވެ.
2024 ވަނަ އަހަރަށް ފާސްކޮފައިވާ ބަޖެޓްގައިވާ އަލިފުށީގެ ތަރައްޤީގެ މަސްރޫޢުތަކުގެ އުސްއަލިތައް

2024 ވަނަ އަހަރަށް ފާސްކޮފައިވާ ބަޖެޓްގައިވާ ވާދޫގެ ތަރައްޤީގެ މަސްރޫޢުތަކުގެ އުސްއަލިތައް

2024 ވަނަ އަހަރަށް ފާސްކޮފައިވާ ބަޖެޓްގައިވާ ރަސްގެތީމުގެ ތަރައްޤީގެ މަސްރޫޢުތަކުގެ އުސްއަލިތައް

2024 ވަނަ އަހަރަށް ފާސްކޮފައިވާ ބަޖެޓްގައިވާ އަނގޮޅިތީމުގެ ތަރައްޤީގެ މަސްރޫޢުތަކުގެ އުސްއަލިތައް

ދިވެހިރައްޔިތުންގެ ވިޔަފާރިތަކުން ދައުލަތަށް މި އަހަރު ލިބުނު ޓެކްސް ފައިސާއިން ރައްޔިތުންނާއި ގުޅުންހުރި ޒަރޫރީ އަދި ރަށު ތަރައްގީގެ މަޝްރޫޢުތައް ނުހިންގާ ބޮޑުތަނުން އިހުމާލުވެ، 2024 ގެ ސެޕްޓެމްބަރ ނިޔަލަށް މިއަހަރަށް ފާސްކުރި 49 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްކޮށް އިތުރު 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހުން ފާސްކުރިއިރު، މިއަދާއި ހަމައަށްވެސް 2024 ގެ ބަޖެޓް ހުސްކުރިގޮތުގެ ތަފްސީލް ހާމަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓްކޮމިޓީން ދެކޮޅުހެދުމާއި، ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މާލީ ހިސާބުތަކުން މި މައުލޫމާތު ރައްޔިތުންނަށް ފެންނަން ނެތުމާއި އަދި މި ބަޖެޓުން ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި ހިންގި ތަރައްޤީގެ މަޝްރޫޢުއެއް ފެންނަން ނެތުމަކީ ދިވެހި ރައްޔިތުންނާއި އަދި ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފެދިފައިވާ ރައްޔިތުންގެ ހިދުމަތުގައި ދެމިތިބި ކައުންސިލް އިދާރާތަކުގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެކެވެ.

2024 ވަނަ އަހަރު ފާސްކުރެވުނު ދައުލަތުގެ ބަޖެޓްގައި ހިމެނިގެން، އަލިފުށީ ދާއިރާގައި އެކި މަރުހަލާތަކުގައި ނުހިގާ ހުއްޓިފައޮތް، 42.17 މިލިއަން ރުފިޔާގެ ތަރައްޤީގެ މަޝްރޫޢުތަކަކީ ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް، ކުދި ބޮޑު އާބާދީތައް ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއިއެކު ސަރުކާރުން ކަށަވަރުކޮށްދެންޖެހޭ ހައްޤުތަކެކެވެ. އަލިފުށީ ދާއިރާގައި ހުއްޓިފައި ހުރި ސާފުބޯފެނާއި ނަރުދަމާ، ތަޢުލީމީ، ދީނީ، އިޖްތިމާޢީ އަދި ސިއްހަތާއި ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތަކަކީ އަލިފުށީ ދާއިރާގެ އެމްޑީޕީގެ ލޮބުވެތި މެމްބަރުންނާއި، އިސްލާހީ މަސައްކަތުގައި ދެމިތިބި އަދި ހައްޤުތައް ކަށަވަރުކުރުމަށް ވަކާލާތުކުރާ ދާއިރާގެ ރައްޔިތުންގެ ނުހަނު ބޮޑު ކަންބޮޑުވުން އޮތްކަމެކެވެ.

2025 ގެ ދައުލަތުގެ ބަޖެޓްގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ތަފްސީލް އުނިކޮށް، ބަޖެޓްކޮމިޓީން ސިއްރުބަޖެޓެއް ދިރާސާކޮށް ނިންމާ، ސިއްރު އެޖެންޑާއެއްގެ ދަސުން 2025 ގެ ބަޖެޓް ފާސްކޮށްފައިވައިރު ދައިރާގެ ރަށެއްގައި ތަރައްގިގެ މަސްރޫއުއެއް ހިންގުމަށް ބަޖެޓްގައި އޮތީ ކިތައްރުފިޔަކަން 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓުން ސާފްވާންނެތްކަމީ ނުހަނު ކަންބޮޑުވުން އިންތިހާއަށް އޮތްކަން ފާހަގަކުރަމެވެ. އަދި 2024 ވަނަ އަހަރަށް ފާސްކުރި ބަޖެޓްގައި އަލިފުށީ ދާއިރާގެ ތަރައްގީގެ މަސްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާ 42.17 މިލިޔަން ރުފިޔާއިން ލޯ އަނާއެއްވެސް މިއަހަރު ދާއިރާގެ ތަރައްގީއަށް އަތްލެވޭ ލޮލުންބަލަލެވޭ ކަމަކަށް ހަރަދުކޮށްފައި ނުވާކަން ފަހަގަކުރަނީ ކަންބޮޑުވުމައެކުގައެވެ. ނަމަވެސް 2024 ވަނަ އަހަރަށް ފާސްކުރި ބަޖެޓް ހުސްކޮށް ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރެވިގެން ދިޔައިރު ފެށިގެން ކުރިއަށްދިޔަ އަލިފުށީ ދާއިރާގެ ތަރައްގީގެ މަސްރޫޢުތައްވަނީ ހުއްޓިފައެވެ. އަދި ސަރުކާރު ހަވާލުވިއިރު ޓެންޑަރިންގ މަރުހަލާގައި ހުރި ޕްރޮޖެކްޓްތަކަށް ވީނުވީއެއްނޭގިވަނީ ގެއްލިފައެވެ. އަދި އަލަށް ފަށަން 2024 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ އެއްވެސް މަސްރޫއެއް ފަށުމަށް އެންމެ ކުޑަމިނުން އިއުލާނުވެސް ކޮށްލެވިފައި ނުވާކަމީ ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި ދާއިރާގެ ރައްރަށުގައި 2023 ވަނަ އަހަރުގެ 17 ނޮވެންބަރާ ހަމައަށް ހިނގަމުންއައި ތަރައްގީގެ ޕްރޮޖެކްޓްތައްވަނީ ހުއްޓިފައެވެ. މި މަސްރޫއުތަކުގެ ތެރޭގައި ރައްޔިތުންނަށް ނުހަނު ބޭނުންވާ އަސަސީ ހިދުމަތްތަކާ ގުޅިފައިވާ ގިނަ މަސްރޫއުތަކެއް ވާކަމީ ނުހަނު ކަންބޮޑުވާ މައްސައެއްކަން ފާހަގަކުރަމެވެ. އަދި ދައިރާގެ އިގުތިސާދީ ކުރިއެރުމާ ގުޅިފައިވާ ތަރައްގީގެ މަސްރޫއުތައް ހުއްޓުމަކީ އުފެއްދުންތެރިކަން ދައްވެ ރައްޔިތުންގެ މާލީތަނަވަސްކަމަށް އަސަރުކުރާނެކަމެއްކަން ފާހަގަކުރަނީ ހިތާމަޔާއި އެކުގައެވެ. ކަންމިހެން އޮތުމުން މިކަންކަމުގެ ވާހަކަ ދެއްކުމުން ސަރުކާރުން ބުނަމުން ދިޔައީ ބަޖެޓްގައި އެކަށީގެންވާ މިންވަރަށް ފައިސާ ހިމަނާފައި ނުވާކަމަށެވެ. ނަމަވެސް 2024 ގެ ބަޖެޓް ހުސްވެ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރިއިރު އަލިފުށީ ދާއިރާގެ ރައްތަކުގައި ތަރައްގީގެ މަސްރޫއުތައް ހިންގަން ފާސްކުރި ބަޖެޓްގައި ހިނާފައިވާ 42.17 މިލިޔަން ރުފިޔާއަށް ކުރީކޮންކަމެއްތޯ؟ އަދި އެފައިސާ ހޭދަކުރީކޮން މަސްރޫއެއް ހިންގަންތޯ؟ މިއީ ސުވާލު އުފެދޭ ޖަވާބު ނުލިބޭ ސުވާލެއްކަމުގައި ދަންނަވަމެވެ. މިކަން މިމަގުން ހިނގާ އަހަރު ނިމިގެންދާއިރު އަލިފުށީ ޒުވާނުންނަށް ކުޅިވަރު ކުޅުމަށް އަޅާ ސްޕޯރޓްސް ކޮމްޕްލެކްސް ޓެންޑަރިންގ މަރުހަލާގައި ތާށިވެފައިވާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ. މި އީ ކަނޑައެޅިގެން ޤާނޫނާ ގަވާއިދުތަކާ ހިލާފަށް ސަރުކާރުން ކޮށްފައިވާ ބޮޑު ޖަރީމާއެއްކަމުގައި އަލިފުށީ ދާއިރާއިންދެކެމެވެ.

ވީމާ، އަލިފުށީ ދާއިރާއިން ސަރުކާރަށް މި ގޮވާލަނީ 2024 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓްގައި ހިމެނޭ މިދާއިރާގެ އަލިފުށީ، ވަދޫ، ރަސްގެތީމް، އަދި އަނގޮޅިތީމުގެ ތަރައްޤީގެ މަސްރޫޢުތައް އަވަހައް ފައްޓަވައި ދެއްވުމަށެވެ. އަދަި ހުއްޓިފައިވާ މަސްރޫޢުތަކާއި 2024 ވަނަ އަހަރު ބަޖެޓްކޮށްފައިވާ މަސްރޫޢުތައް ވީހާވެސް އަވަހަކަށް ފެއްޓުމަށްޓަކައި ކުރައްވަންޖެހޭ އެންމެހާ މަސައްކަތްތައް ރައްޔިތުންގެ މަޖުލީހުގައި މިދާއިރާ ތަމްސީލުކުރައްވާ މެންބަރު ބައްލަވާ މިކަންކަން އަވަސްކުރެއްވުމަށް މަސައްކަތް ކޮށް ދެއްވުމަށް ގޮވާލަމެވެ.