ޤާނޫނާ ހިލާފަށް ވަޒީފާތަކުން ވަކި ކުރާ ފަރާތްތަކަށް ޤާނޫނީ އެހީތެެރިކަން ދިނުން

ސަރުކާރުގެ ކުންފުނިތަކާއި، ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތަކުން ވަކިކުރަމުންދާތީ އެކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގައި އެ މުވައްޒަފުންނަށް އެހީތެރިވުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

އެހެންކަމުން، ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރެވޭ ނުވަތަ ސިޔާސީ ސަބަބުތަކަށްޓަކައި ފިޔަވަޅު އެޅޭ މުވައްްޒަފުންގެ ތެރެއިން މި ޕާރޓީގެ ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ތިރީގައި މިވާ އީމެއިލަށް ނުވަތަ ވައިބަރ ނަންބަރަށް ވަޒީފާއާގުޅޭ އެންމެހައި މައުލޫމާތު، ވީ އެންމެ އަވަހަކަށް ފޮނުއްވައި ދެއްވުން އެދެމެވެ.

އީމެއިލް: helpline@mdp.org.mv
ވައިބަރ ނަންބަރު: 7341637