ހއ. މޮޅަދޫ އަދި ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް އިންތިޚާބުގެ ވޯޓު އަލުން ނެގުން

02 އޮގަސްޓް 2024 ގައި ބޭއްވުން ޤައުމީ މަޖިލިސް އިންތިޚާބުގައި ހއ. އިހަވަންދޫ ދާއިރާގެ، ހއ. މޮޅަދޫ އަދި ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް އިންތިޚާބު ވޯޓާއި ގުޅޭ ޝަކުވާތައް، ޝަކުވާ ހުށަހަޅާ ކޮމިޓީން ބެލުމަށްފަހު ދީފައިވާ ލަފައަށް އިންތިޚާބާ ބެހޭ ކޮމިޓީން ރިއާޔަތް ކުރުމަށްފަހު އިންތިޚާބާ ބެހޭ ކޮމިޓީން ވަނީ އެ ދާއިރާގެ ވޯޓު އަލުން ނެގުމަށް ނިންމާފައެވެ.

އަދި އެވޯޓުލުން އޮންނާނީ، 16 އޮގަސްޓް 2024 ވާ ހުކުރު ދުވަހު 14:30 ން 18:00އަށެވެ. އެގޮތުން ވޯޓުލުން އޮންނާނީ، ހއ. މޮޅަދޫ އެމްޑީޕީ ހަރުގޭގައެވެ. އަދި ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް އިންތިޚާބު އޮންނާނީ ހުޅުމާލެ މުޙައްމަދު ޤާސިމް ޕްރީ ސްކޫލުގައެވެ.