ވޯޓުލާ މަރުކަޒު ބަދަލުވުން – ޤައުމީ މަޖިލިސް ބައި-އިލެކްޝަން 2024

ޤައުމީ މަޖިލިސް ބައި-އިލެކްޝަން 2024 ގައި މާލޭގައި ފޮށިބަހައްޓަން ހަމަޖެހިފައިވާ ދެ ސްކޫލް ކަމަށްވާ އިސްކަންދަރު އަދި އަމީނިއްޔާ ސްކޫލް، މާދާމާ ބާއްވަން ހަމަޖެހިފައިވާ ޕެރޭޑަށް ނަންގަވާފައިވާ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ޕާޓީއަށް ވަނީ އަންގާފައެވެ.

ވީމާ، 02 އޯގަސްޓް 2024ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ މަޖިލިސް ބައި-އިލެކްޝަން 2024 ގައި މާލޭގައި ބަހެއްޓުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ބަދަލުގެނެވިފައިވާތީ މިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.

ބަދަލުގެނެވުނު ވޯޓުލާ މަރުކަޒުތައް

01 އޮގަސްޓް 2024