އެމްޑީޕީ ދާއިރާތަކުގެ ރައީސުންނާއި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ

26 އޮކްޓޯބަރ 2010

ލިޔުނީ: ރާމިޒް

flag11

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ ރައީސުންނާއި، އެދާއިރާތަކުގެ އިންތިޤާލީ އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދެކަނބަލުން ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ޚާއްސަ ބައްދަލުކުރެއްވުން އޮންނާނީ ބުދަ ދުވަހުގެރޭ 9.00 ގައި ދަރުބާރުގޭ 8 ނަންބަރު ކޮޓަރީގައެވެ.
އެމްޑީޕީން ދާދިފަހުން ވަނީ އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބު ބާއްވައި ރާއްޖޭގެ އިދާރީ 77 ދާއިރާގައި އެޕާޓީގެ ހިންގާ ކޮމިޓީ އިންތިޚާބުކޮށް، އަންހެނުންގެ އިންތިޤާލީ ހިންގާ ކޮމިޓީއެއް އެކުލަވާލާފައެވެ. މިއިން ކޮންމެ ދާއިރާއެއްގެ ހިންގާ ކޮމިޓީއާއި އަންހެނުންގެ އިންތިޤާލީ ކޮމިޓީގެ ރައީސާއިން މިއޮކްޓޯބަރު މަހުގެ 28 ން 30 އަށް ދަރުބާރުގޭގައި ބާއްވާ އެޕާޓީގެ 2 ވަނަ ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.