ކޮންގްރެސް އާ ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް މިރޭ ދަރުބާރުގޭގައި އޮންނާނެ

26 އޮކްޓޯބަރ 2010

މި އޮކްޓޯބަރު މަހުގެ 28 ން 30 އަށް ދަރުބާރުގޭގައި ބާއްވާ އެމްޑީޕީގެ 2 ވަނަ ކޮންގްރެސް އާ ބެހޭ މަޢުލޫމާތުދިނުމަށް ބާއްވާ ޚާއްސަ ބައްދަލުވުމެއް މިރޭ ދަރުބާރުގޭގައި އޮންނާނޭ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މިރޭ 9 ޖަހާއިރު ފަށާ މި ބައްދަލުވުމުގައި މާލޭގައި މި ވަގުތު ތިއްބެވި ކޮންގްރެސްގެ މަންދޫބުންނާއި އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ބައިވެރިވެވަޑައިގެންދެއްވުމަށް އެމްޑީޕީން އެދެއެވެ. .