ނަންބަރު: MDP/2024/019
މިޕާޓީގެ ޤައުމީ މަޖިލިސްގެ ހުސްވެފައިވާ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އިންތިޚާބު އޮންނާނީ 02 އޯގަސްޓް 2024 ވާ ހުކުރު ދުވަހުއެވެ.
ކުރިމަތިލުމުގެ ޝަރުތުތައް
• 1 ޖުލައި 2024 އާއި ހަމައަށް މިޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުން
• ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއްކަމުގައިވުން
މިމަޤާމްތަކަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ މެންބަރުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 07 ޖުލައި 2024 ވާ އާދިއްތަ ދުވަހު މެންދުރު 2:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް
01 ޖުލައި 2024