ޝަކުވާ ހުށައެޅުމަށް ފުރުޞަތު ހުޅުވާލުން – މަޖިލިސް ޕްރައިމަރީ އިންތިޚާބު 2024

03 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހު ހެނދުނު 09:00 ން ހަވީރު 05:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ޝަކުވާ ހުށައެޅުއްވުމަށް ހަމަޖެހިފައިވަނީ، ތިރީގައިވާ އުސޫލުންނެވެ.

1. ތިރީގައިވާ ނަންބަރަށް އެސް.އެމް.އެސް ކުރައްވައިގެން ނުވަތަ ފޯނުން ގުޅުއްވައިގެން

7341637

2. ތިރީގައިވާ ގޫގުލް ފޯމް ލިންކުން

ޝަކުވާ ހުށައަޅާ ފޯމް

ޝަކުވާ ބަލައިގަންނާނީ 03 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ން ފެށިގެން 05 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ ހަވީރު 04:00 އެށެވެ.

ވީމާ މިކަން އާއްމުކޮށް އިއުލާން ކުރީމެވެ.

02 ފެބްރުއަރީ 2024