10 ފެބްރުއަރީ 2023 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ކ. އަތޮޅު، ފ. އަތޮޅު އަދި ވ. ފެލިދޫ ކައުންސިލްގެ ރައީސް އަދި ށ. މަރޮށި އަދި ގދ. ފަރެސްމާތޮޑާ ކައުންސިލްގެ މެންބަރު އިންތިޙާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގެ، މިޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މި ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެމްބަރުން އެކަމަށް އެދި ސިޓީ އަކާއިއެކު އައިޑީ ކާޑުގެ ސާފު ކޮޕީއެއް 02 ޖެނުއަރީ 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 16:00ގެ ކުރިން elections@mdp.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ