އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކާއި ޕްރައިމަރީތަކުގައި ވާދަކުރާނެ މީހުންހޯދުން

މިއުސޫލަކީ 23 ނޮވެމްބަރ 2023 ވަނަ ދުވަހު އއ އުކުޅަސްގައި ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 9 ވަނަ ބައްދަލުވުމުގައި ފާސްކޮށްފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސްގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށާއި ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަކުރާނެ މީހުންހޯދުމުގައި އަމަލުކުރާނެ އުސޫލެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިސްގައި އެމްޑީޕީ ޓީކެޓްގައި ވާދަކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލެވޭނީވެސް އަދި ޕްރައިމަރީއެއް ބާއްވަންޖެހޭ ތަންތަނުގައި ބާއްވާ ޕްރައިމަރީގައި ވޯޓްލެވޭނީވެސް ޝައުޤުވެރިކަން ފާޅުކުރަން އިއުލާންކުރާ ދުވަހު މިޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ މެންބަރުންނަށާއި އަދި އެދުވަހާ ހަމައަށް ޕާޓީއޮފީހަށްލިބިފައިވާ ފޯމްތައް ޕްރޮސެސްކޮށްގެން މިޕާޓީގެ މެންބަރުންގެ ގޮތުގައި ހަމަޖެހޭ މެންބަރުންނަށެވެ.
ޝައުޤުވެރިކަން ފާޅުކުރަން ހުށައަޅާ މެންބަރުންގެތެރެއިން ޕްރައިމަރީ އަކަށް ފޮނުވާނެ މެންބަރުން ކަނޑައަޅާނީ މިކަމަށް ޗެއަރޕާސަން އައްޔަނުކުރާ 7 މެންބަރުންގެ ވިލަރެސް ކޮމިޓީއަކުންނެވެ. ޝައުޤުވެރިކަން ފާޅުކުރަން ހުށައަޅާފަރާތްތަކުގެ ހުށައެޅުން ބަލައިގަތުމާއި އަދި ޕްރައިމަރީ އަކަށް ފޮނުވާނެ މީހުން ކަނޑައެޅުމުގައި ތިރީގައިވާ ކަންކަމަށް ރިއާއަތްކުރަން ޖެހޭނެއެވެ.
1. ޕާޓީގައި ހޭދަކުރި މުއްދަތު
2. ޕާޓީއަށް ކޮށްދިން ޚިދުމަތްތައް
3. ޕާޓީގެ ސިޔާސަތުތައް ޤަބޫލުކުރާ މިންވަރު
4. ސޯސަލްމީޑިއާ އަދި މީޑިޔާގެ ވަސީލަތްތަކުގައި ޕާޓީގެ ހަރަކާތްތައް ޕްރޮމޯޓްކުރާ މިންވަރު
5. ކެމްޕެއިން އަށް ޚަރަދުތައް ހަމަޖައްސާފައިވާގޮތް
6. ޕާޓީއަށް ގޮނޑި ކާމިޔާބުކޮށްދިނުމުގެ ޤާބިލުކަން ހުރިމިންވަރު
7. ވޭތުވެދިޔަ 5 އަހަރު އެއްވެސް ޤައުމީ އިންތިޚާބެއްގައި ޕާޓީޓިކެޓްގައި ވާދަކުރި މީހަކާއި ދެކޮޅަށް މަސައްކަތްކޮށްފައި ނުވުން
20 ވަނަ ރައްޔިތުންގެ މަޖިލިސް ޕްރައިމަރީގެ އިތުރުން ކުރިއަށްހުރި ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައިވެސް އަމަލުކުރާނީ މިއުސޫލުންންވެ.