ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނެރޭ ނޫސްބަޔާން

ދިވެހިރާއްޖޭގައި ބޭއްވޭ ކޮންމެ އިންތިހާބެއްގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ބައިވެރިވެ ބޮޑެތި ކާމިޔާބީތަކުގެ ފަހަތުގައި ވަނީ މި ޕާޓީގެ ހީވާގި ގައުމީ މަޖިލިސްގެ މެމްބަރުންނާއި މި ޕާޓީގެ ލޮބުވެތި މެމްބަރުން ރައްޔިތުންނާ ގާތަށް ދޮރުން ދޮރަށް ހިނގާ ރައްޔިތުންގެ ހިޔާލާ އެކު އެކުލަވާލާ ސިޔާސަތުތައް ރައްޔިތުންނަށް ހުށަހަޅައިގެންނެވެ.

މި ޕާޓީއިން 2023 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކަނޑައަޅާފައިވާ ބަޖެޓްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ލިސްޓަކީ އެއްވެސް ހަގީގަތެއް ނެތް އެންޓި ކެމްޕެއިން ކުރުމުގެ މަގުސަދުގައި ބަޔަކު ދަައުރުކުރަމުންދާ ލިސްޓެކެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ވާދަކުރާ ކޮންމެ އިންތިހާބެއްގައިވެސް ކެމްޕެއިންނަށް ކުރާ ހަރަދުތަކަކީ އެ އިންތިހާބަކާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކުރެވޭ ހަރަދުތަކެކެވެ. މިކަން ކޮންމެ އިންތިހާބެއްނިމި ގާނޫނުގައި ބަޔާންކުރާ މުއްދަތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އޮޑިޓް ރިޕޯޓުތަކުން ސާބިތުވާން ހުންނާނެ ވާހަކަ ދަންނަވަމެވެ.