ގދ. މަޑަވެލި ކެމްޕެއިން ޖަލްސާ ސަރަހައްދުުގައި ރޯކޮށްލާ ތަނަށާއި ތަކެއްޗައް ގެއްލުން ދިނުން ކުށްވެރިކުރުން

އެމްޑީޕީ ކޯލިޝަންގެ ކެންޑިޑޭޓްގެ ރިޔާސީ ކެމްޕެއިންގައި ގދ. މަޑަވެލީގައި ކެމްޕެއިން ޖަލްސާަަށް ތައްޔާރުކޮށްފައިވާ ސަރަހައްދުގައި ރޯކޮށް ތަނަށާއި ތަކެއްޗައް ގެއްލުންދީފައިވާތީ މިކަން ހަރު އަޑުން ކުށްވެެރިކުރަމެވެ.

ކެމްޕެއިން ކުރުމުގެ ހައްގަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް އެއްވެސް ބިރުވެރިކަމެއްނެތި، މިނިވަންކަމާއެކީ ކުރެވެންޖެހޭނެ ކަމެކެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިނެއް ކުރިއަށްދާ ވަގުތު އެ ކެމްޕެއިނަށް ހުރަސްއެޅޭ ގޮތަށް އެއްވެސް ހަރަކާތެއް ހިންގުމަކީ އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ ދަށުން މަނާކަމެއްކަމުން، މިފަދަ ކަންކަމުން ވާދަވެރި އެހެން ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުން ހުއްޓާލާ، އެ ބައެއްގެ ކެންޑިޑޭޓުގެ ކެމްޕެއިން މަސައްކަތައިގެން ކުރިއަށް ދިއުމަށް އިލްތިމާސްކުރަމެވެ.