ނަންބަރު: MDP/2023/018
ރައްޔިތުންގެ މަޖިލިސްއިން ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ގައި މިޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ 11 މާޗް 2023 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. އަދި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ މަރުކަޒުތައް އާންމުކުރީމެވެ.
ކ ގުޅި – ގުޅި ސްކޫލް
ކ މާފުށި – މާފުށި ސްކޫލް
ކ ގުރައިދޫ – ގުރައިދޫ ޒުވާނުންގެ މަރުކަޒު
މާލޭގައި ވޯޓުފޮށި ބެހެއްޓިފައި ހުންނާނީ އެމް.ޑީ.ޕީ މައި ހަރުގޭގައިއެވެ.
08 މާޗް 2023