އެމްޑީޕީ ފުވައްމުލަކު ސިޓީ ރައީސްގެ ބައި- އިލެކްޝަން އިންތިހާބު އަންނަ ހޮނިހިރު ދުވަހު

އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީ ފުވައްމުލަކު ސިޓީގެ ރައީސް ހޮވުމަށް ބާއްވާ ބައި- އިލެކްޝަންގެ އިންތިހާބުގެ ވޯޓުލުން އެދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކުރިއަށް ގެންދާގޮތަށް ހަމަޖައްސައި އެކަން އިއުލާންކޮށްފިއެވެ. މިއިންތިހާބުގައި ފުވައްމުލަކު ސިޓީގެ 2076 އެމްޑީޕީގެ މެމްބަރުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ.
މި އިންތިހާބުގައި 4 ކެނޑީޑޭޓަކު ވާދަ ކުރައްވައެވެ. އެކެނޑިޑޭޓުންނަކީ ކެނޑިޑޭޓް ނަމްބަރު 1 އަޙްމަދު މުޖުތަބާ އަބުދުﷲ، ކެނޑޭޓް ނަމްބަރު 2 ހަސަން ވާސިފް ހުސައިން، ކެނޑިޑޭޓް ނަމްބަރު 3 ސައުދުﷲ އަޙްމަދު ހަސަންދީދީ، ކެނޑިޑޭޓް ނަމްބަރު 4 މުޙައްމަދު ނޫރު އަޙްމަދު އެވެ.
މި އިންތިހާބުގައި މާލޭގައި ބަހައްޓާ ވޯޓުފޮއްޓަށް ވޯޓުލުމަށް 399 މީހުން ރީރެޖިސްޓަރ ކޮށްފައިވެއެވެ.
އިންތިހާބުގެ ވޯޓުލުން މާލޭގައި ބާއްވާގޮތަށް ހަމަޖެހިފައިވަނީ އެމްޑީޕީ ހަރުގޭގައެވެ. އަދި ފުވައްމުލަށް ސިޓީގެ 3 ސުކޫލެއްގައި މިއިންތިހާބުގެ ވޯޓުފޮށި ބަހައްޓާނެއެވެ. އެގޮތުން ފުވައްމުލަކު އުތުރު ދާއިރާ މުޙައްމަދު ޖަމާލުއްދީންސުކޫލާއި ، ފުވައްމުލަކު މެދު ދާއިރާ ޏ.އަތޮޅު ތައުލީމީ މަރުކަޒު އަދި ފުވައްމުލަކު ދެކުނު ދާއިރާ ފުވައްމުލަކު ސުކޫލުގައި ވޯޓް ފޮށި ބަހައްޓާނެއެވެ.