ނަންބަރު: MDP/2023/013
11 މާޗް 2023 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ޕްރައިމަރިގައި ވޯޓްލުމުގެ ޙައްޤުލިބިފައިވާ މެންބަރުންގެ ލިސްޓް މިވަޤުތު ވޯޓްލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ރަށާއެކު އާއްމުކުރީމެވެ. ވީމާ މިވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މއަދުން ފެށިގެން 2 މާޗް 2023 ވަނަ ދުވަހުގެ 16:00 އަށް ހުޅުވާލެވިފައިވާ ވާހަކަދެންނެވީމެވެ. އަދި ވޯޓްލާން ރަޖިސްޓަރީ ކުރެވިފައިވާ ރަށް ބަދަލުކުރަން ބޭނުންފުޅުވާ މެންބަރުންނަށް އެފުރުޞަތު މިއަދުން ފެށިގެން 7 މާޗް 2023 ވަނަ ދުވަހުގެ 14:00 އަށް ހުޅުވާލެވިފައިވާ ވާހަކަވެސް ދެންނެވީމެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށައަޅާފޯމް
ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ރަށް ބަދަލުކުރާ ފޯމް
27 ފެބްރުއަރީ 2023