28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު ބާއްވާ މި ޕާޓީގެ ރިޔާސީ ޕްރައިމަރީ 2023 މޮނިޓަރ ކުރައްވަން ބޭނުންފުޅުވާ މީޑިއާތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. ކޮންމެ ވޯޓު ފޮއްޓެއްކައިރި އެއްވަގުތެއްގައި ހަރަކާތްތެރިވެވޭނީ ކޮންމެ ޕްރިންޓް އަދި އޮންލައިން މީޑިއާ އަކުން އެއްބޭފުޅަކަށާއި އަދި ކޮންމެ ޓީވީ ސްޓޭޝަނަކުން 2 ބޭފުޅުންނަށެވެ. ވީމާ މި ޕާޓީގެ ރިޔާސީ ޕްރައިމަރީ 2023 މޮނިޓަރ ކުރައްވަން ބޭނުންފުޅުވާ މީޑިއާތަކުން ތިރީގައިވާ މައުލޫމާތު 20 ޖެނުއަރީ 2023 ވަނަ ދުވަހުގެ 12:00 ގެ ކުރިން elections@mdp.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ފުރިހަމަ ނަން
އައިޑީކާޑު ނަންބަރު
ހަރަކާތްތެރިވާން ބޭނުންވާ ރަށް
(ކޮންމެ ބޭފުޅެއްގެވެސް އައިޑީކާޑު ކޮޕީ އަކާއި ޕާސްޕޯޓް ސައިޒް ފޮޓޯ އެއްފޮނުއްވުން އެދެމެވެ.)