22 އޮކްޓޯބަރ 2010

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި 9 ދާއިރާއެއްގެ ބައެއް މަޤާމްތަކަށް ބޭފުޅުން ހޮވުމަށް ބައެއް ދާއިރާތަކުގެ އިންތިޚާބު މާލެއާއި ބައެއް އަތޮޅުތަކުގައި ފެށިގެން އަމާންކަމާއެކު ކުރިޔަށް އެބަދެއެވެ.
މިއަދު މެންދުރުފަހު 2.30 ން ރޭގަނޑު 7.30 އަށް ބާއްވާ އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަޤާމްތަކަކީ ހުޅުހެންވެއިރު ދާއިރާ އަދި ގަލޮޅު އުތުރު ދާއިރާގެ ސެކްރެޓަރީ، ސެކްރެޓަރީގެ ނައިބު އަދި އިންތިޒާމް ސެކްރެޓަރީ އާއި، މައްޗަންގޮޅި ދެކުނު ދާއިރާ، މާފަންނު އުތުރު ދާއިރާ އަދި މާފަންނު ދެކުނު ދާއިރާގެ ރައީސްގެ ނައިބު، ސެކްރެޓަރީ، ސެކްރެޓަރީގެ ނައިބު އަދި އިންތިޒާމް ސެކްރެޓަރީ އާއި، ބާރަށު ދާއިރާގެ އިންތިޒާމް ސެކްރެޓަރީ އާއި، ކެނދިކުޅުދޫ ދާއިރާގެ ސެކްރެޓަރީ އަދި ސެކްރެޓަރީގެ ނައިބާއި، ނިލަންދޫ ދާއިރާގެ ސެކްރެޓަރީ އަދި ސެކްރެޓަރީގެ ނައިބާއި، ނައިފަރު ދާއިރާގެ ރައީސްގެ ނައިބާއި، ސެކްރެޓަރީއާއި، އިންތިޒާމް ސެކްރެޓަރީ އެވެ.
މިއިންތިޚާބު މާލެއާއި ހުޅުމާލެ އަދި ބާރަށު ދާއިރާއާއި ކެނދިކުޅުދޫ ދާއިރާއާއި ނިލަންދޫ ދާއިރާގެ ހުރިހާ ރަށެއްގެ އިތުރުން ނައިފަރުގައި ވެސް ކުރިޔަށް އެބަދެއެވެ.