ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 6 ވަނަ ބައްދަލުވުމުގައި ނިންމި ނިންމުން

ރިޔާސީ ޕްރައިމަރީއަށް ޤައުމީ މަޖިލިހުން ނަގާ 5 މެމްބަރުންގެ ކޮމެޓީ ނެގުމަށް ނަން ހުށަހެޅުމަށް ހުޅުވާލުމުން ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރ ޙުސައިން ޝަޙީމް ހުށަހަޅުއްވާ ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރ އަޙްމަދު އީސާ ތާއީދު ކުރެއްވި 5 ނަންފުޅުވަނީ އެވަގުތު ޤައުމީ މަޖިލިހަށް ޙާޟިރުވެތިއްބެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައެވެ.

1. އިބްރާޙީމް ވަޙީދު (ޗެއަރޕާސަންގެ ނައިބު އިދާރީ)
2. އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު (ސްޕޯކްސްޕާސަން)
3. އަކްރަމް ކަމާލުއްދީން (މަތިއުތުރު ޕްރޮވިންސްގެ ރައީސް)
4. މުޙައްމަދު އީމާން (ކެނދިކުޅުދޫ ދާއިރާގެ ރައީސް)
5. އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ އަފީފު ( ޤާނޫނީ ކޮމެޓީގެ ކުރީގެ މުޤައްރިރު)