ފ. ނިލަންދޫގައި ބެހެއްޓުނު ވޯޓު ފޮއްޓާއި ބެހޭގޮތުން ހުށަހެޅި ޝަކުވާ ބެލުމަށްފަހު ޝަކުވާ ކޮމެޓީން ނިންމި ނިންމުން

ވޯޓުފޮށި ކައިރީގައި ޙަރަކާތްތެރިވި އޮފިޝަލުންނާއި ކެންޑިޑޭޓް މަންދޫބުންގެ ބަސް ހޯދުމަށްފަހު، ޝަކުވާބަލާ ކޮމެޓީން ނިންމީ މި ޝަކުވާ އާއި މެދު ގޮތެއް ނިންމުމަށްޓަކައި ފ. ނިލަންދޫގައި ބެހެއްޓުނު ފޮށި ކެނޑުމަށްފަހު އަލުން ވޯޓު ކަރުދާސްތައް ގުނުމަށެވެ.

އެގޮތުން 21 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 14:30 ގައި ޕާޓީގެ މައި އިދާރާގައި ފ. ނިލަންދޫ ވޯޓުފޮށި ކެނޑުމަށްފަހު އަލުން ކެންޑިޑޭޓުންގެ މަންދޫބުންގެ ޙާޒިރުގައި ގުނައި، 17 ޑިސެމްބަރ 2022 ވަނަ ދުވަހު ބޭއްވުނު އިންތިޙާބުގައި އެފޮށީގެ ވަގުތީ ނަތީޖާ ޝީޓުން ޖަހާފައިވަނީ ނުބައިކޮށްކަމަށްވާތީ އެފޮށި ޝަކުވާ ބަލާ ކޮމެޓީން ގުނައި ނަތީޖާއަށް ބަދަލު ގެނައުމަށް ކޮމެޓީއިން ނިންމިއެވެ.