އިއުލާން: MDP/2022/049 އެމްޑީޕީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން މާލޭ ސަރަހައްދަށް ހާއްސަކުރެވިގެން ކުރިއަށްގެންދާ ގޯތި އަދި ފްލެޓަށް އެޕްލިކޭޝަން ހުށަހެޅުމާއި، އެކަމާއި ގުޅޭ މަޢުލޫމާތު އާއްމުންނަށް ދިނުމަށް ކުރިއަށްގެންދާ ހިންގާލާ ހަރަކާތް

އެމްޑީޕީގެ އެންމެ އިސް އެއް ސިޔާސަތު ކަމުގައިވާ ރައްޔިތުން ގެދޮރުވެރި ކުރުމުގެ ސިޔާސަތު ތަންފީޛު ކުރުމުގެ ގޮތުން ސަރުކާރުން މާލޭ ސަރަހައްދަށް ހާއްސަ ކުރެވޭ ގޯތި އަދި ފްލެޓްތަކަށް ފޯމް ހުށަހެޅުމަށް އެހީތެރިވެދިނުމަށް އާއްމު ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 25 ޖުލައި 2022 އިން ފެށިގެން ކޮންމެ ރެއެއްގެ 20:00 އިން 22:30 އަށް އެމްޑީޕީ ދަނޑިކޮށި ޖަގަހަ ޗާނދަނީ މަގު ،މާލެ ގައެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ 7219897 އާއި ގުޅުއްވުން އެދެމެވެ.
އެމްޑީޕީގެ އަމާޒަކީ މަލޭ ރަށްވެހިންގެ ތެރެއިން ވީހާވެސް ގިނަބަޔަކަށް ބޯހިޔާވަހި ކަމުގެ މިޕްރޮގްރާމްގެ ނަފާ ލިބި މާލޭ ސަރަހައްދުން އަމިއްލަ ގޯއްޗާއި ފްލެޓް ލިބިގެން ދިއުމެވެ.