އިއުލާން: MDP/2022/046 ޗެއަރޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަޤާމާށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން

މިހާރު ހިނގަމުން މިދާ ދައުރުގެ މިޕާޓީގެ ޗެއާރޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަޤާމުގެ މުއްދަތު 25 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހަށް ހަމަވާނެއެވެ. އެހެންކަމުން މިމަޤާމުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ މިޕާޓީގެ މެމްބަރުންނަށް ކުރިމަތުލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުލުވާލައިފީމެވެ.
އިންތިޚާބު އޮންނާނީ 19 އޯގަސްޓް 2022 ވާ ހުކުރު ދުވަހު ފެށޭ މިޕާޓީގެ ކޮންގްރެސްގައެވެ. މިއިންތިޚާބުގައި ވޯޓުލެވޭނީ މިދެންނެވި ކޮންގްރެސްގައި ބައިވެރިވެ ވަޑައިގަންނަވާ ކޮންގްރެސްގެ ބައިވެރިންނެވެ.
ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރެއްވުމަށްފަހު 25 ޖުލައި 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުއްވުމަށް ދެންނެވީމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

އޮންލައިން އެޕްލިކޭޝަން ފޯމް

ތާއީދު ފޯމް