6 މެއި 2021 ގެ ބޮމުގެ ހަމަލާ ބައްލަވާ ޤާޟީއެއް ތަނާޒުލުވުމާ ގުޅޭ

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް 6 މެއި 2021 ގައި ދިން ޙަމަލާގައި ތުހުމަރުކުރެވޭ މީހުންގެ ޝަރީޢަތް ބައްލަވާ އެއް ޤާޟީ، 12 ޖޫން 2022 ގައި މައްސަލައިން ތަނާޒުލުވެވަޑައިގެންފައި ވާކަމީ، މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ.

މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ކްރިމިނަލް ކޯޓުގެ ޤާޟީ ތަނާޒުލުވެވަޑައިގަތީ، ތުހުމަތު ކުރެވޭ އެއް ފަރާތްކަމުގައިވާ މ.ކުދެހިގޭ އިސްޙާޤުގެ ދަރިއެއް، ޤާޟީއަށް މީގެ ކުރިން އިންޒާރުދީފައިވާތީ ކަމުގައި ޤާޟީ ވިދާޅުވިއެވެ. ޤާޟީގެ ފަރާތްޕުޅުން، އެ އެޅުއްވި ފަޔަވަޅަކީ، އިންސާފުން ޝަރީޢަތް ކުރިއަށް ގެންދިއުމަށް މުހިންމުކަމަށް ވާއިރު، މި މައްސަލައިގެ އަޑުއެހުންތައް މެދުކެނޑުމެއްނެތި ގެންގޮސް ނިންމާލުމަކީ އެއަށްވުރެ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ނޫންނަމަ، މި ދަނޑިވަޅުގައި، ދައުލަތުގެ ވަކީލުންނަށާއި ހެކިވެރިންނަށް، ތުހުމަތު ކުރެވޭ އިޞްޙާޤު ދަރި ނުވަތަ އެހެން ފަރާތަކުން ވެސް، އަނެއްކާ ބިރުދެއްކުމަކީ އެކަށީގެންވާ ކަމެކެވެ.

އަދި ޤާޟީއަށް ތަނާޒުލުވެވަޑައިގަންނަވާން ޖެހިވަޑައިގަތީ، ތުހުމަތުކުރެވޭ އިސްޙާޤުގެ ދަރި އަދިވެސް ދޫވެފައި، އަދި ކިހެއްތަ ސްޓެލްކޯގެ ވަޒީފާގައި ހުރުމުންކަމުގައި ވުމަކީ، މި ޕާޓީން ކުށްވެރިކުރާ ކަމަކެވެ.

ވީމާ، މި ޕާޓީން އެދެނީ، ކްރިމިނަލް ކޯޓުން ވީހާވެސް އަވަހަކަށް މި މައްސަލަ ބަލާ ބެންޗު އެކުލަވާލައި، އަޑުއެހުންތައް ވިދިވިދިގެން ގެންދިއުމަށެވެ. އަދި މި ބިރުދެއްކުމުގެ މައްސަލައަށް 6 މަހެއްވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ޕާޓީން އެދެނީ ތަންފީޒީ އިދާރާތަކުން މިކަން ސަމާލުކަމާއެކީ ބައްލަވައި، ދަޢުވާކުރަން ފޮނުވުމަށެވެ. ނުވަތަ މި ޢަމަލު ހިންގި ފަރާތް، ޓެގު އަޅުވައިގެން މޮނިޓަރ ކުރުމަށެވެ