އެމްޑީޕީ ކޮންގްރެސް 2022 އަށް، ޕާޓީގެ އަސާސީ ޤަވައިދަށް އިސްލާޙު ހުށަހެޅުއްވުމަށް މިއަދުން (7 ޖޫން 2022) ފެށިގެން 30 ޖޫން (ބުރާސްފަތި) ދުވަހުގެ މެންދުރު 2:00 އާއި ހަމައަށް ފުރުޞަތު ހުޅުވާލަމެވެ.
އިސްލާޙު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ގޫގުލް ފޯމް ފުރައިގެންނެވެ. އެއް މާއްދާއަށްވުރެ ގިނަ މާއްދާއަށް ނުވަތަ އެއް އިސްލާހަށްވުރެ ގިނަ އިސްލާޙު ހުށަހަޅުއްވާ ކަމުގައި ވީނަމަވެސް، އިސްލާޙު ހުށަހަޅުއްވާ މާއްދާ އެނގޭނެހެން އެއް ފޯމަކުން ހުށަހެޅުއްވުން އެދެމެވެ. އިސްލާޙުގެ ޕީޑީއެފް އަދި ވާރޑް ފައިލްވެސް އެޓޭޗް ކުރެއްވުން އެދެމެވެ.