އިންޑިއާގެ ވެރިކަންކުރާ ބާރަތިޔަ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ އިސްތަރުޖަމާނު މާތް ނަބިއްޔާ އަށް ފުރައްސާކުރި މައްސަލަ މިޕާޓީން ހަރުއަޑުން ކުށްވެރިކުރުން

އިންޑިއާގެ ވެރިކަންކުރާ ބާރަތިޔަ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ އިސްތަރުޖަމާނު އިސްލާމީ އުއްމަތުގެ މާތް ނަބިއްޔާ އަށް ފުރައްސާރަކުރި މައްސަލައިގައި، މިޕާޓީން އިންތިހާއަށް ނުރުހުން ފާޅުކޮށް، އެއަމަލު އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މިއަމަލަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށް މިޕާޓީން ދެކޭހިނދު، ބީ.ޖޭ.ޕީ ފަދަ ހުރިހާ ދީންތަކަކަށް އިޚްތިރާމްކުރާ ޕާޓީ އެއްގެ އިސް ފަރާތަކުން މިފަދަ ނާތަހުޒީބީ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މިއަމަލު ހިންގި ފަރާތާއި ގުޅޭގޮތުން މިހާރު ފިޔަވަޅު އަޅާފައިވާކަމީ މިޕާޓީ ތަރުހީބުދޭ ކަމަކެވެ.