އިއުލާން: MDP/2022/029 އެމްޑީޕީގެ ކޮންގްރެސް 2022

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް 2022 އޮގަސްޓް 19 އިން 21 އަށް ބޭއްވުމަށް ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 4 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާފައިވާގޮތުން މި ކޮންގްރެސްގައި ބައިވެރިވެވޭނީ 2022 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީ މެމްބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
ވީމާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސްގައި ބައިވެރިވުމަށް ހައްގުލިބިގެންވާ އެންމެހާ މެމްބަރުންނަށް ދައުވަތު އަރުވަމެވެ.