އިއުލާން: MDP/2022/028 އައްޑޫ ސިޓީ ހިތަދޫ ދާއިރާ، ރ.އިންނަމާދޫ އަދި ތ.ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގެ ޕްރައިމަރީއަށް ހުޅުވާލުން

23 ޖުލައި 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ އައްޑޫ ސިޓީ ހިތަދޫ ދާއިރާ، ރ.އިންނަމާދޫ، ތ.ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގެ، މިޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މި ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެމްބަރުން އެކަމަށް އެދި ސިޓީ އަކާއިއެކު އައިޑީ ކާޑުގެ ސާފު ކޮޕީއެއް 6 ޖޫން 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން elections@mdp.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ