ހއ.ވަށަފަރު، ށ.ޅައިމަގު، ށ.ކޮމަންޑޫ، ކ.ތުލުސްދޫ އަދި އއ.ތޮއްޑޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގެ މިޕާޓީގެ ޕްރައިމަރީގައި ވޯޓުލެވޭ މެންބަރުންގެ ލިސްޓު އާންމުކޮށް އިއުލާން ކުރީމެވެ. ތިރީގައި މިވާ ލިންކުން ލިސްޓު ފެނިވަޑައިގަންނަވާނެއެވެ.
މެމްބަރެއްތޯ ޗެކް ކުރެއްވުމަށް މިލިންކަށް ފިތާލައްވާ
މިލިސްޓަށް ޝަކުވާ ހުށަހެޅުއްވުމަށް މިއަދުން (22 މެއި 2022 – އާދިއްތަ) ފެށިގެން މާދަމާ ( 23 މެއި 2022 – ހޯމަ ) މެންދުރު 12.00 އާއި ހަމައަށް ފުރުޞަތު ހުޅުވާލައިފީމެވެ. މިލިސްޓަކީ 14 މެއި 2022 ގައި ބޭއްވި މިޕާޓީގެ އެތެރޭގެ އިންތިޚާބު 2022 ގައި ވޯޓުލާފައިވާ މީހުންގެ ލިސްޓެވެ.
މިލިސްޓަށް ޝަކުވާ ހުށަހެޅުއްވުމަށްޓަކައި ސިޓީ އަކާއިއެކު އައިޑީ ކާޑުގެ ސާފު ކޮޕީއެއް 23 މެއި 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން elections@mdp.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ