އިއުލާނު:MDP/2022/020 ޗެއާރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބުގެ ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

14 މެއި 2022 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޗެއާރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބުގެ ޝަކުވާ ހުށަހެޅުއްވުމަށް ހަމަޖެހިފައިވަނީ، ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު elections@mdp.org.mv އަށް އީމެއިލް ކުރައްވައިގެން ނުވަތަ އެމްޑީޕީ ސެކްރެޓޭރިއެޓުގެ ފުރަތަމަ ފަންގިފިލާއަށް ޝަކުވާ ފޯމުގެ ހާޑްކޮޕީ ހުށަހަޅުއްވައިގެންނެވެ.
މީގެ އިތުރުން ތިރީގައިވާ ނަމްބަރުތަކަށް އެސްއެމްއެސް ކުރައްވައިގެން ނުވަތަ ފޯނުން ގުޅުއްވައިގެންވެސް ޝަކުވާ ހުށަހެޅުއްވުމުގެ ފުރުޞަތު އޮންނާނެ ވާހަކަ ދަންނަވަމެވެ.
1. 7250021
2. 7250031
3. 7250040
ޝަކުވާ ބަލައިގަންނާނީ 14 މެއި 2022 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 15 މެއި 2022 ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00 އެވެ.
ވީމާ މިކަން އާއްމުކޮށް އިއުލާން ކުރީމެވެ.

ޝަކުވާ ހުށަހަޅާ ފޯމު ޑައުންލޯޑް ކުރެއްވުމަށް މިލިންކަށް އޮބާލައްވާ