އިއުލާން: MDP/2022/013 ޗެއަރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބު 2022 ފަސްކުރުން

16 އޭޕްރިލް 2022 ވާ (ހޮނިހިރު) ދުވަހު ބޭއްވުމަށް، 12 ފެބްރުއަރީ 2022 ގައި އިއުލާން ކޮށްފައިވާ އެމް.ޑީ.ޕީ ޗެއާރޕާސަންގެ މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސާއި ނައިބު ރައީސް ކަމުގެ މަޤާމުގެ އިންތިޚާބު ބޭއްވުމަށް ކަނޑައެޅުނު ތާރީޚު ރަމަޟާން މަހާއި ދިމާވާތީ، މިއިންތިޚާބު 14 މެއި 2022 ގައި ބޭއްވުމަށް 8 މާރޗް 2022 ގައި ބޭއްވި ޤައުމީ މަޖިލިހުގެ 4 ވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި ފާސްކޮށްފައިވާތީ މިއިންތިޚާބު އޮންނާނީ 14 މެއި 2022 ވާ ހޮނިހިރު ދުވަހުއެވެ.
ވީމާ މިކަން އާއްމުކޮށް އިއުލާން ކުރީމެވެ.