އިއުލާން:MDP/2022/007 ޅ. ކުރެންދޫ ކައުންސިލްގެ ރައީސް ކަމުގެ މަޤާމުގެ އިންތިޚާބު

ޅ. ކުރެންދޫ ކައުންސިލްގެ ރައީސް ކަމުގެ މަޤާމުގެ އިންތިޚާބުގެ ޕްރައިމަރީ 23 ފެބްރުއަރީ 2022 ވާ ބުދަ ދުވަހު ބޭއްވުމަށް ވަނީހަމަޖެހިފައެވެ.
ވީމާ ކުރެންދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން ޕާޓީގެ އިންތިޚާބުތަކުގައި ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު މިޕާޓީގެ އިންތިޙާބާއި ބެހޭ ކޮމިޓީގެ އީމެއިލް elections@mdp.org.mv އަށް 22 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން އެޅުއްވުމަށް ދަންނަވަމެވެ.

އިންތިޚާބަށް ކުރިމަތިލުމަށްއެދޭ ފޯމް