އިއުލާން: MDP/2022/06 އެމް.ޑީ.ޕީ ޕާލިމެންޓަރީ ގްރޫޕް އިންތިޚާބު

18 ފެބްރުއަރީ 2022 ވީ (ހުކުރު) ދުވަހު މިޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މަޤާމްތަކަށް މެމްބަރުން އިންތިޚާބް ކުރުމަށް ބޭއްވި އިންތިޚާބުގައި ޑެޕިއުޓީ ލީޑަރ ކަމަށް ކުރިމަތިލެއްވި 3 ކެންޑިޑޭޓުންގެ ތެރެއިން 2 ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމާއި ގުޅިގެން އެއްވަރުވި 2 ކެންޑިޑޭޓުންގެ މެދުގައި އަލުން ވޯޓުނެގުމާއި، ޕާލިމެންޓަރީ ގްރޫޕުގެ 1 ވިޕްގެ މަގާމަށް ހުޅުވާލަމެވެ.
މިއިންތިޚާބުގެ ވޯޓުލުން އޮންނާނީ 28 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ.
މި އިންތިޚާބުގައި ހުޅުވާލި ވިޕްގެ މަގާމަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ ޕާލިމަންޓަރީ ގްރޫޕް މެމްބަރުން 27 ފެބްރުއަރީ 2022 ވާ އާދިއްތަ ދުވަހުގެ 12:00 ކުރިން elections@mdp.org.mv އަށް ކުރިމަތި ލުމަށް އެދޭ ލިއުމާއެކު އައި.ޑީ ކާޑް ކޮޕީ އީމެއިލް ކުރެއްވުން އެދެމެވެ.