ދިޓީވީން މީޑިއާގެ މިނިވަންކަން ނަގާލުމަށް ކެމްޕެއިން ކުރަމުންދާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ވިދާޅުވެއްޖެ

22 އޮކްޓޯބަރ 2010

ލިޔުނީ: ރާމިޒް

މޫސަ އެމްޑީޕީ ހަރުގޭގައި ވާހަކަފުޅުދައްކަވަނީ   /ފޮޓޯ އަނދާ
މޫސަ އެމްޑީޕީ ހަރުގޭގައި ވާހަކަފުޅުދައްކަވަނީ /ފޮޓޯ އަނދާ

ދިޓީވީގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކާ ބެހޭ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކު ވިދާޅުވެފައިވާ ވާހަކަފުޅުތަކެއް ކަމެއް ބުނެ ދޮގުޚަބަރުފަތުރަމުންދާ ކަމަށާއި، އެފަދަ ވާހަކަތައް ދައްކަމުންދަނީ ދިވެހިރާއްޖެއިން ޑިމޮކްރަސީ ނައްތާލައި، އެންމެ މަތީ ދަރަޖައަށްޚިޔާލުފާޅުކަން ލިބިފައިމިވާ މި ދިވެހިރާއްޖޭގެ މީޑިއާގެ މިނިވަންކަން ނަގާލުމަށް ހިންގާ ކެމްޕެއިނެއްގެ ދަށުން ކަމަށް މޫސަ ވިދާޅުވެއްޖެއެވެ.
އެޕާޓީގެ ހަރުގޭގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ “ޗަމްޕާ ޓީވީން” ފެށުނީއްސުރެ މޫސައާއި ތަފާތު އެކި ގޮތްގޮތުން ދިމާކުރަމުންދާ ކަމަށެވެ. އަދި މި ޖަލްސާ ނިންމަވާލެއްވުމަށްފަހު އެމްޑީޕީގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ ދިޓީވީން ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅޭނަމަ ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި ބެހޭ ޚަބަރާއި މަޢުލޫމާތާއި ސަރުކާރުން ދިވެހިރައްޔިތުންނަށް ، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި ނިކަމެތީންނަށް ވެދެއްވަމުން ގެންދަވާ އެހީތަކުގެ ވާހަކަ ނުދައްކަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
“ސަރުކާރު ބަދަލުވީއްސުރެ، ޒާތީ ގޮތުން ޚާއްސަގޮތެއްގައި އަޅުގަނޑާއި (ދިޓީވީން) ދިމާކުރާ ދިމާކުރުމަށް ޗެލެންޖްކޮށްފަ މިބުނަނީ، ދިޓީވީން ދޮގު ޚަބަރު ފެތުރުމަށް ކުރަމުންދާ މަސައްކަތާ ރީކޯ މޫސަ ހަމަ އަބަދުވެސް ފާޅުގައި އިދިކޮޅު ހަދަމުން ދާނަން.” އެމްޑީޕީގެ ހުޅުހެންވެއިރު ދާއިރާގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ” އަޅުގަނޑުމެން މައުމޫނުގެ ސަރުކާރު ބަލިކުރި ގޮތަށް، ތެދު ޚަބަރާއި މަޢުލޫމާތު ގެނެސްދީ ދެފުށް ފެންނަ ސިޔާސަތެއް ދިޓީވީން ގެންގުޅެން ފަށަންދެން މި މަސައްކަތްކުރާނަން. މަހުޖަނުގެ ކޮށްފައިވާ ހަރާން ކަންތައްތައް ވެސް މާތްﷲ ގެ ޙަޟްރަތުގައި ފާޅުކުރައްވާނެ ދުވަހެއް އަންނާނޭ” ކަމަށާއި، އެދުވަހަކަށް މޫސަ ވަރަށް އިންތިޒާރުކުރައްވާ ކަމަށެވެ..