އެމް.ޑީ.ޕީ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިޚާބް 16 އޭޕްރީލް 2202 ވާ (ހޮނިހިރު) ދުވަހު ބޭއްވުމަށް ވަނީހަމަޖެހިފައެވެ.
ވީމާ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން ޕާޓީގެ އިންތިޚާބުތަކުގައި ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު މިޕާޓީގެ އިންތިޙާބާއި ބެހޭ ކޮމިޓީގެ އީމެއިލް elections@mdp.org.mv އަށް 19 ފެބްރުއަރީ 2202 ވާ (ހޮނިހިރު) ދުވަހުގެ 16:00ގެ ކުރިން ފޯމްހުށައެޅުއްވުމަށް ދަންނަވަމެވެ.
މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް މިޕާޓީގެ ވެބްސައިޓް http://www.mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
ވީމާ ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް
އިންތިޚާބަށް ކުރިމަތިލާ މީހާއަށް ތާއީދު އޮތްކަން އަންގައިދޭ ލިޔުން