އިއުލާން: MDP/2022/01 އެމް.ޑީ.ޕީ ޕާލިމެންޓަރީ ގްރޫޕް އިންތިޚާބު

2022 ވަނަހައަރަށް މިޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މަޤާމްތަކަށް މެމްބަރުން އިންތިޚާބް ކުރުމަށް ބާއްވާ އިންތިޚާބް 18 ފެބްރުއަރީ 2022 ވާ (ހުކުރު) ދުވަހު ބޭއްވުމަށް މިޕާޓީން ވަނީނިންމާފައެވެ.​ވީމާ މި އިންތިޚާބް ގައި ވާދަކުރަން ބޭނުންފުޅުވާ މިޕާޓީގެ ޕާލިމަންޓަރީ ގްރޫޕް މެމްބަރުން ތިރީގައި މިދައްނަވާ މަގާމްތަކަށް، 17 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން elections@mdp.org.mv އަށް ކުރިމަތި ލުމަށް އެދޭ ލިއުމާއެކު އައި.ޑީ ކާޑް ކޮޕީ އީމެއިލް ކުރެއްވުން އެދެމެވެ. އަދި މި އިންތިޚާބްގައި ވޯޓްލުން ކުރިއަށްދާނީ 18 ފެބްރުއަރީ 2022 ވާ (ހުކުރު) ދުވަހު ހަވީރު 15:00 ން ހަވީރު 1800 އަށް އެމް.ޑީ.ޕީ އޮފީހުގެ ފުރަތަމަ ފަންގިފިލާގައެވެ.
ޕާލިމެންޓަރީ ގްރޫޕްއަށް މެންބަރުން އިންތިޚާބު ކުރާ މަޤާމްތައް

އަދަދު މަގާމް
1 – ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ
2 – ޕާލިމެންޓަރީ ގްރޫޕްގެ ޑިޕިއުޓީ ލީޑަރ
1 – އަމީން އާއްމު
1 – އަމީން އާއްމުގެ ނާއިބު
1 – ޗީފް ވިޕް
6 – ވިޕުން