އެމްޑީޕީ ހިތަދޫ އުތުރު ދާއިރާގެ ހިންގާ ކޮމެޓީގެ 2 ވަނަ ބައްދަލުވުން ބާއްވައިފި

20 އޮކްޓޯބަރ 2010

އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ 2 ވަނަ ބައްދަލުވުމުގެ ބައިވެރިން - މި ބައްދަލުވުމުގައި މުހިއްމު މަޝްވަރާތަކެއް ކުރެވުނު  /ފޮޓޯ:މިންހާޖް ނަޒީރު
އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ 2 ވަނަ ބައްދަލުވުމުގެ ބައިވެރިން - މި ބައްދަލުވުމުގައި މުހިއްމު މަޝްވަރާތަކެއް ކުރެވުނު /ފޮޓޯ:މިންހާޖް ނަޒީރު

އެމްޑީޕީ ހިތަދޫ އުތުރު ދާއިރާގެ ހިންގާ ކޮމެޓީގެ 2 ވަނަ ބައްދަލުވުން 19 އޮކްޓޯބަރ 2010 ގައި ބާއްވައިފިއެވެ.
މިބައްދަލުވުމުގައި އެދާއިރާގެ ހިންގާ ކޮމިޓީގެ އިތުރުން އެދާއިރާއަށް ނިސްބަތްވާ ކޮންގްރެސްގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ އަންހެނުންގެ އިންތިޤާލީ ކޮމިޓީގެ ރައީސާ ފާތުމަތު ހަނީފާގެ އިތުރުން އެމްޑީޕީ ގޮފިތަކުގެ ރައީސުން ވެސް ބައިވެރިވި މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝަވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި
އައްޑު އަތޮޅަށް ސިޓީއެއްގެ ދަރަޖަ ދެއްވައި އައްޑޫސިޓީ ކައުންސިލް އުފެއްދެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް ޝުކުރުދެންނެވުމާއި،
އައްޑޫ ސިޓީ ކައުންސިލް އުފެއްދެވުމާއި ގުޅިގެން އެކަން ފާހަގަ ކުރުމުގެ ގޮތުން ހަރަކާތްތަކެއް ބޭއްވުމަށް ސިޓީގެ އެހެނިހެން ދާއިރާތަކުގެ އެއްބާރުލުން ހޯދުމުގެ ގޮތުން އެދާއިރާތަކާއި އެކު މިރޭ މަޝްވަރާ ކުރުމަށް ނިންމުމުގެ އިތުރުން 22 އޮކްޓޯބަރ 2010 ވާ ހުކުރު ދުވަހު އެކަން ފާހަގަ ކުރުން ހިމެނެއެވެ.
އަދި މި ބައްދަލުވުމުގައި އެމްޑީޕީ ކޮންގްރެސްއާއި ބެހޭ މަޢުލޫމާތު ބައްދަލުވުމުގެ ބައިވެރީންނާއިއެކު ޙިއްސާކޮށް،
އެމްޑީޕީގެ އަސާސީ ޤަވާޢިދަށް ހުށަހެޅިފައިވާ އިޞްލާހާއިބެހޭ ގޮތުން ވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށް އެމްޑީޕީ ހިތަދޫ އުތުރު ދާއިރާއިން މަޢުލޫމާތު ދެއެވެ.
ދާއިރާގެ ނައިބު ރައީސް އަބްދުﷲ ސާދިގް(ސޯބެ) ރިޔާސަތު ބެލެހެއްޓެވީ މިބައްދަލުވުމުގައި ސެކެޓްރީ އިބްރާހިމް ޝިނާޒްއާއި އޮގަނައިޒިންގް ސެކެރެޓްރީ މުހައްމަދު އާރިފް ބައިވެރިވެ ވަޑައިގެންނެވިއެވެ.