ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭގޮތުން ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ނެރެފައިވާ މިއަހަރުގެ ރިޕޯޓަށް ސަރުކާރުން މަރުޙަބާ ވިދާޅުވެއްޖެ

20 އޮކްޓޯބަރ 2010

maldives-media2009_thumb3

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭގޮތުން ރިޕޯޓާރސް ވިތައުޓް ބޯޑާރސް އިން ނެރެފައިވާ މިއަހަރުގެ ރިޕޯޓަށް ސަރުކާރުން މަރުޙަބާ ވިދާޅުވެއްޖެއެވެ.

މި ރިޕޯޓްގައި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއިން ހޯދާފައިވާ ހަރުދަނާ ކުރިއެރުމަށް ތަޢުރީފް ކޮށްފައިވެއެވެ. ސަރުކާރުގެ ފަރާތްތަކުން އުސޫލެއްގެ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ޤަދަރުކުރައްވާފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި ވަކިން ޚާއްޞަކޮށް އަބުރާ ބެހުމުގެ ކުށް، ޖިނާއީ ކުށެއްގެ ގޮތުގައި ނުބޭއްވުމަށް ނިންމާފައިވާ ނިންމުން ވަރަށް ބޮޑަށް މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓަރސް ވިތައުޓް ބޯޑަރސްގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ހިމެނިފައިވަނީ 52ވަނައިގައެވެ. މިއީ އިޓަލީއަށް ވުރެ އެންމެ ތިން ދަރަޖަ ތިރިއެވެ. 2007ވަނަ އަހަރު ރާއްޖެއޮތީ 129ވަނައިގައެވެ.