އިއުލާން: MDP/2021/39 ކޮމަންޑޫ ދާއިރާ ޕާރލިމަންޓަރީ ބައި އިލެކްޝަން ޕްރައިމަރީ

ކޮމަންޑޫ ދާއިރާ ޕާލިމަންޓަރީ ބައި އިލެކްޝަން ޕްރައިމަރީ 27 ޑިސެމްބަރ 2021 ވާ (ހޯމަ) ދުވަހު ބޭއްވުމަށް މިޕާޓީން ވަނީނިންމާފައެވެ.​މި ބައި އިލެކްޝަން ގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދު (18 ޑިސެމްބަރ 2021) ވާ ހޮނިހިރު ދުވަހު ވަނީ ހުޅުވާލެފިއެވެ.
ވީމާ މި ބައި އިލެކްޝަން ގައި ވާދަކުރަން ބޭނުންފުޅުވާ މިޕާޓީގެ މެމްބަރުން މަޤާމައްއެދޭ ފޯމް ފުރިހަމަކޮށް އެފޯމާއި އެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުން ތަކާއިއެކު، 21 ޑިސެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 16:00 ކުރިން elections@mdp.org.mv އަށް އީމެއިލް ކުރެއްވުމުން ފޯމް ބަލައިގަނެވޭނެއެވެ. އަދި
މި އިންތިޚާބްގައި ވޯޓްލުން ކުރިއަށްދާނީ 27 ޑިސެމްބަރ 2021 ވާ (އަންގާރަ) ދުވަހު ހެންދުނު 10:00 ން ހަވީރު 1700 އަށް އެދާއިރާއެއްގެ ރަށްރަށުގަ އާއި މާލޭގެ ހަރުގޭގައެވެ.

މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ

އެޕްލިކޭޝަން ފޯމް

ތާއީދު ފޯމް