ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމަށް ކާމިޔާބު 3 އަހަރު ފުރުމާއި ގުޅިގެން އެމްޑީޕީ އައްޑޫ ސިޓީ އިން ނެރޭ ނޫސް ބަޔާން

އެމްޑީފީ ގެ މިވެރިކަމުގެ ފާއިތުވެ ދިޔަ ތިން އަހަރަކީ އައްޑޫގެ ތަރައްޤީ އަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު ތިންއަހަރު. ބޮޑު ވައުދު ތަކެއް ވެ، އެކަންކަން ފުއްދުމަށް ކެނޑިނޭޅި މަސައްކަތްކުރެވުނު ދުވަސް ތަކެއް. މަގު ހެދުމާއި، ބަނދަރު ހެދުމާއި، ފަތުރުވެރިކަމުގެ ޒޯނުތައް އެވޯޑު ކުރުމާއި، ޓާރޝަރީ ހޮސްޕިޓަލް ގެ ޚިދުމަތް ފުޅާކުރުމާއި، ބިންހިއްކުމަށް ކުރަންޖެހޭ ކަންކަން ނިންމުމާއި، އެއަރޕޯޓްއާއި ހިތަދޫ ޕޯޓުގެ މަސައްކަތް ފެއްޓުމުގެ ތައްޔާރީ ތައް ބާރަށް ކުރިއަށް ހިނގަމުން އެބަދޭ. ކޮވިޑުގެ ޢާލަމީ ވަބާގެ ތެރޭގައިވެސް ބާރަށް ހިނގަމުންދޭ. މާތް اللّٰه އިރާދާއި މިންވަރުފުޅުން މިވެރިކަމުގެ ފަސްއަހަރުގެ ތެރޭ އައްޑު ވައުދުނާމާގައި ހުރި ކަންތައްތައް، އެމްޑީޕީގެ ސަރުކާރުން ރަނުން ރަނަށް ފުއްދައިދީ، ދެކުނުގެ މައި އިޤްތިޞާދީ ހަބަށް ހަދާދޭނެ.
ޝުކުރިއްޔާ! ރައީސް ސާލިހް

އަހްމަދު ފައިސަލް (ސިޓީ ރައީސް)

އައްޑޫ ސިޓީ ސެކްރެޓޭރިއަޓް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ